ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ޒައާމަތުގައި ފެއްޓެވި ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ހުޅުމާލޭ ދެ ފިޔަވަހި ގުޅާލަދޭ ބްރިޖްތަކުގެ މަސައްކަތް ނިމުން ފާހަގަކޮށްފިއެވެ.
މި މަސައްކަތުގެ ނިމުން ފާހަގަކުރުމަށް އިއްޔެ ހުޅުމާލޭގައި ވަނީ ޚާއްސަ ރަސްމިއްޔާތުގައި ބާއްވާފައިއެވެ. އެރަސްމިއްޔާތުގައި އެމަސައްކަތުގެ ނިމުން ފާހަގަކޮށް، ބްރިޖުތައް އިފްތިތާހުކޮށްދެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްޠާން ޢަބްދުލްރަޙްމާން އަލް-މަރްޝަދުއެވެ.
ހުޅުމާލެ 2 ގެ ކަނެކްޓިން ބްރިޖުތައް ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައ މަރުޝަދު ވިދާޅުވީ، ވޭތުވެދިޔަ 47 އަހަރުގެ ތެރޭގައި ސައުދީ ފަންޑުން ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބޭއްވި ކަމަށެވެ. ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅައިލުމުގެ މަޝްރޫއަކީ އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ ޢުމްރާނީ މަސައްކަތްތަކަށް ސަޢުދީ ފަންޑުން 80 މިލިއަން ޑޮލަރުގެ އެހީއެއް ވަނީ ފޯރުކޮށްދީފައެވެ.
"ހުޅުމާލެ އައިލެންޑް ޕްރޮޖެކްޓު"ގެ ނަމުގައި ރައީސް ޔާމީންގެ ތަރައްގީގެ ފަސް އަހަރުގެ ތެރޭގައި ފެއްޓެވި އެ މި މަޝްރޫއު ތެރޭގައި ހިމެނެނީ ހުޅުމާލެ އާއި ހުޅުމާލޭ ދެވަނަ ފިޔަވަހި ގުޅުވާލަ ދޭ ހަތަރު ބްރިޖް ގާއިމްކުރުމާއި ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ސަރަހައްދާއި ޓޫރިޒަމް ޒޯން ގުޅާލާ ބްރިޖް ގާއިމު ކުރުމެވެ.
ސައުދީ ފަންޑުން 80 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހަރަދު ކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީސީ) އިންނެވެ. ޕްރޮޖެކުޓު ފަށާފައިވަނީ
އިއްޔެގެ ރަސްމިއްޔާތުގައި ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްޠާން ޢަބްދުލްރަޙްމާން އަލް-މަރްޝަދާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ޚާއްސަ ވަފުދާއި މާލީ ވަޒީރު މުޙައްމަދު ޝަފީޤް، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުގެ އިތުރުން، ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.