March 20, 2026
Advertisement
ރައީސް ޑރ. މުއިއްޒު މަޖިލިސް ކުރާ ގޭގައި
ރައީސް ޑރ. މުއިއްޒު މަޖިލިސް ކުރާ ގޭގައި / މަޖިލިސް

ތިން މަސް ތެރޭ ގޯތިތައް ހަވާލުކުރަންޖެހޭ އިސްލާހު އަލުން މަޖިލީހަށް

Mariyam Isaadha
މަރިޔަމް އިސާދާ
May 18, 2024, 12:21 AM
މާލެ ސިޓީ

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުންގެ ލިސްޓް އާންމުކުރާތާ ތިން މަސް ތެރޭގައި އެ ގޯތި ހަވާލުކުރަންޖެހޭ ގޮތަށް ބިމާބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ތަސްދީގު ނުކުރައްވާ އެ އިސްލާހާ މެދު އަލުން ވިސްނުމަށް އެދިވަޑައިގެން އެ އިސްލާހުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

Advertisement


ރައީސް އޮފީހުން ވިދާޅުވީ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" އާ މެދު އަލުން ވިސްނާވަޑައިގަތުމަށް، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެން، މި ބިލު ތަޞްދީޤް ނުކުރައްވާ، އަނބުރާ ރައްޔިތުންގެ މަޖިލީހަށް، މިއަދު ފޮނުއްވާފައިވާ ކަމަށެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ކުރީ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމުގެ ދަށުން ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތައް، ރައްޔިތުން ދޫނުކޮށް އެތަކެއް ދުވަހެއް ފާއިތުވެގެން ގޮސްފައިވާތީއެވެ. އެ އިސްލާހުގައި ބުނާ ގޮތުން ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ޖެހޭނެއެވެ.

ބަންޑާރަ ގޯތި ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މީކާއިލް ނަސީމު އެވެ.

މިއިސްލާހު 19 ވަނަ މަޖިލީހުން ފާސްކުރީ ނިމިގެން ދިޔައީ އޭޕްރީލް 29 ވަނަ ދުވަހު އެވެ.

ނަވާރަ މަޖިލީހުގެ ދައުރު އިއްޔެގެ ނިޔަލަށް އެއްކޮށް ނިމިގެން ގޮސްފައިވާތީ އޭރު މަޖިލީހުގައި ހުރި ބިލްތަކާ އަދި ހުށަހެޅިފައިވާ މައްސަލަތަކާ މެދު ދެން ގޮތެއް ނިންމާނީ މިމަހުގެ 28 ވަނަ ދުވަހު ހުވާ ކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ ގޮތުގައި މީކާއިލް ވަނީ އިންތިހާބުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved