March 20, 2026
Advertisement
ހުޅުމާލެ ދެވަނަފިޔަވަހީގައި ގާއިމު ކުރާ ވަގުތީ މިސްކިތުގެ މަސައްކަތް
ހުޅުމާލެ ދެވަނަފިޔަވަހީގައި ގާއިމު ކުރާ ވަގުތީ މިސްކިތުގެ މަސައްކަތް / އާބަންކޯ

އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
May 18, 2024, 12:57 AM
މާލެ ސިޓީ

އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

Advertisement

ކުރިއަށް އޮތީ ހުޅަނގު މޫސުމުގެ ދުވަސްވަރަށްވެފައި، މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މަސައްކަތުގެ ސައިޓްގައި ހަރުކޮށްފައިވާ ނުވަތަ ބޭނުންކުރާ ތަކެތި ވަޔާ ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތައް އަޅާ، ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ އިލްތިމާސްކޮށްފިއެވެ.

އެގޮތުން ވިއްސާރަ ވަގުތުތަކުގައި އިމާރާތްކުރުމުގެ މަސައްކަތް މަޑުޖެހިފައިވާ ސައިޓްތަކުގައިވާ ތަކެތި ވައިގަދަވުމުގެ ސަބަބުން ވިއްސައިގެން ގޮސްދާނެފަދަ ހާލަތެއްގައި ހުރިނަމަ، އެ ތަކެތި ރައްކާތެރި ގޮތުގައި ބަލަހައްޓާ، އަޅަންޖެހޭ އެންމެހާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮންސްޓަރކްޝަން މިނިސްޓްރީއިން މިފަދައިން އިލްތިމާސްކޮށްފައިވާއިރު، ކުރިއަށް މިއޮތް 4 ދުވަހުވެސް ރާއްޖެއަށް ވަރަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved