May 3, 2026
Advertisement
މާޗް މަހުގެ ރަސްމީ ރިޒާވް ދަށަށް: އެމް.އެމް.އޭ
މާޗް މަހުގެ ރަސްމީ ރިޒާވް ދަށަށް: އެމް.އެމް.އޭ / ސޯޝަލް މީޑިއާ

އީދު ބަންދުގައި ބޭންކުގެ ޚިދުމަތް ލިބޭނީ ޖޫން 18ގައި އެކަނި: އެމްއެމްއޭ

Mariyam Isaadha
މަރިޔަމް އިސާދާ
May 18, 2024, 05:54 PM
މާލެ ސިޓީ

ކުރިއަށް އޮތް ބޮޑު އީދު ބަންދުގައި މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ބޭންކުތަކުން ހިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފިއެވެ.

Advertisement

އެގޮތުން އެމްއެމްއޭއާ އަދި ބޭންކުތަކުގެ ހިދުމަތް ދޭނީ އަންނަ މަހުގެ 18 ވާ އަންގާރަ ދުވަހު އެކަނިި ކަމަށް އެމްއެމްއޭ އިން ވަނީ ހާމަކޮށްފައެވެ.

މި އަހަރުގެ ބޮޑު އީދާ އެކު، އަންނަ 16 އިން 20 އަށް ސަރުކާރު ބަންދުކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ޖޫން މަހުގެ 18 ވަނަ ދުވަހު އެމްއެމްއާއި ބޭންކުތަކުން ހިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ.

މި ދުވަހު ބޭންކިން ޚިދުމަތް، ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތާއި ސިޓީ އާއި ތަކެތި ބަލައިގަތުމުގެ ހިދުމަތް ލިބޭނީ ހެނދުނު 08:30 އިން މެންދުރު 14:00 އަށް ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

ބޭންކިން ޚިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved