ރާއްޖޭަން ބޭރުގައި، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި ނޫރުއައިން މުހައްމަދު އަލީ ޖަނާހު ބައިވެރިނުކުރުމަށް ޓުއަރިޒަމް މިނިސްޓާރ އިބްރާހިމް ފައިސަލް އެންގިކަން ފަޅައެރުމާއެކު، ހޫނުފެނަށް ވެއްޓި ނޫރައައިން އަށް ތައުރީފް ކުރަން ފައިސަލަށް މަޖުބޫރުވެއްޖެއެވެ.
އިތުބާރު ހުރި މަސްދަރުތަކުން ޗެނަލް 13 އަށް ދިން މައުލޫމާތުގެ މައްޗައް ބިނާކޮށް ޝާއިއުކުރި ޚަބަރަކީ ދޮގެއް ކަމަށް ފައިސަލް ވަނީ އޭނާގެ ފޭސްބުކް އެކައުންޓުން ކުރި ޕޯސްޓެއްގައި ވިދާޅުވެފައެވެ.
ފައިސަލް އަށް މަލާމަތާ ފުރައްސާރަ އަމާޒުވަމުންދިޔަ އިރު ނޫރައިން ދުބާއިގައި ބޭއްވުނު ފެއާރ ގައި ދެއްވި އިންޓަވިޔުގެ ސަބަބުން އައީ އެންމެންގެ ސަމާލުކަން ހޯދަމުންނެވެ.
މިކަމުގެ ސަބަބުން ފައިސަލް ވަނީ ނޫރައިން ބޭރުގެ އެއްވެސް ފެއާއެއްގައި ބައިވެރިކުރަން އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓާރ ފާތިމަތު ތައުފީގް އަށް މަނާކޮށްފައެވެ.
ނަމަވެސް މިވާހަކަތަކަކީ ދޮގެއް ކަމަށް ފައިސަލް ބުނެފައިވަނީ އޭނާގެ ހަގީގަތް އެންމެންގެ ކުރިމަތީ ހާމަވުމުންނެވެ.
ފައިސަލް އެ ޕޯސްޓްގައި ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ ގެ ލީޑަރޝިޕާ ވަރަށް ގާތް ގުޅުމެއް އޮންނަކަމަށެވެ.
ނަމަވެސް މިވާހަކަ އަކީ ވެސް ފައިސަލް ނޫރުއައިން ބޭރުގައި ބޭއްވޭ ފެއާރ ތަކުގައި ބައިވެރި ނުކުރަން އަންގާފައިވާކަން ފަޅައިއެރުމުން އެކަން ދޮގުކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށް ފައިސަލް އާއި ވަރަށް ގާތްކޮށް އެ ވުޒާރާގައި މަސައްކަތް ކުރާ ފަރާތެއް ވަނީ ޗެނަލް 13 އަށް ކަށަވަރުކޮށްދީފައެވެ.
ގާބިލުކަން ކުޑަވުމުގެ ސަބަބުންނާއި، މައުލޫމާތުގެ ފަގީރުކަމާއި، ދާއިރާގެ ތަބީއަތް ނޭނގުމުގެ ސަބަބުން އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ ސަރުކާރުގެ ދެ އޮފިޝަލުންނަކީ ޓޫރިޒަމް މިނިސްޓަރާއި އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގްކަން ފާހަގަކޮށްލެވެއެވެ.