March 9, 2026
Advertisement
ފައިސަލްއާ ރައީސް މުއިއްޒު
ފައިސަލްއާ ރައީސް މުއިއްޒު / ސޯޝަލް މީޑިއާ

ޓުއަރިޒަމް މިނިސްޓްރީއިން ނެރޭ ހިސާބުގެ ތަފްސީލު ނުނެރެ މަޑުޖައްސަލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jul 16, 2024, 07:40 PM
މާލެ ސިޓީ

ޓުއަރިޒަމް މިނިސްޓްރީއިން ނެރޭ ހިސާބުގެ ތަފްސީލު ނުނެރެ މަޑުޖައްސަލައިފިއެވެ.

Advertisement

ޓުއަރިޒަމް މިނިސްޓްރީއިން މަހުން މަހަށް ފަތުރުވެރިކަމާ ބެހޭ ދާއިރާގެ ހިސާބުތައް މީގެ ކުރިން ނެރެމުން އައި ނަމަވެސް މި މަހު އެ ހިސާބުތައް އަދި އާންމުކޮށްފައިނުވެއެވެ.

އެގޮތުން މެއި މަހުގެ ރިޕޯޓު ޖޫން މަހު އާންމުކޮށްފައިވާއިރު އޭގެ ފަހުން އެ ރިޕޯޓު އާންމުކޮށްފައިނުވެއެވެ. ކޮންމެ މަހަކުވެސް އޭގެ ކުރީ މަހުގެ ރިޕޯޓު، ފެށޭ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އާންމުކުރަމުންދިޔަ ނަމަވެސް މިމަހުގެ ރިޕޯޓު އަދި އާންމުކޮށްފައި ނުވާއިރު މި ހަފުތާގެ ތެރޭގައި ޖޫން މަހުގެ ތަފާސް ހިސާބުތައް އާންމުކުރާނެ ކަމަށް މިނިސްޓްރީއިން މިހާރު ވަނީ ހާމަކޮށްފައެވެ.

ޓޫރިސްޓުން ރާއްޖެ އަންނަ ނަމްބަރުތަކާއެކު ކޮންމެ ދުވަހަކު ނެރޭ ތަފާސް ހިސާބުތައް ނެރުންވެސް ވަނީ މަޑު ޖެހިފައިކަން ވެސް ފާހަގަކޮށްލެވެއެވެ.

ޓޫރިޒަމްގެ ރިޕޯޓުތައް މަޑުޖެހިފައިމިވަނީ ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދު ދަށްވެ އެ ދާއިރާވެސް މަޑުޖެހިފައިވާ ދުވަސްވަރެއްގައެވެ.

ޓުއަރިޒަމްގެ ހިސާޞުތައް އާންމުކުރުމަށް މަޑު ޖެހުމެއް އައިސްފައިވާއިރު. އެ ވުޒާރާގެ ވަޒީރާއަކީ ގާބިލު ބޭފުޅެއް ނޫން ކަމަށް ގިނަ ބަޔަކު ބުނަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved