އިލްމާ ހިލުމުގެ ގޮތުން ދަށް ބަޔަކު ގޮވައިގެން ގައުމު ހިންގުމުގެ ނަމުގައި ރައީސް މުހައްމަދު މުއިއްޒު ގެންދަވަނީ ދިވެހިރާއްޖެ ސުންނާފަތި ކުރަމުން ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ ޓުއަރިޒަމް މިނިސްޓަރު އިބްރާހިމު ފައިސަލް "ބްރޯކެން އިންގްޅިޝް" އިން ދުނިޔޭގެ މީޑިޔާއަކަށް އިންޓަރވިއު ދެއްވާ ވީޑިއޯ އެއް ހިއްސާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވީ، އަދުރޭ ކައިރިން ލަފަޔާ މަޝްވަރާ ހޯދާ މީހަކު ކުރާނެ ކަންކަން މިހާރު ގައުމުން ފެންނަމުން ދާ ކަމަށާ ރައީސް މުއިއްޒު ގެންދަވަނީ ޓިއުޝަން ނަގާ ކުދިން ގޮވައިގެން ރާއްޖެ ހަލާކުކޮށް ސުންނާފަތި ކުރަމުން ކަމަށެވެ.
Muizz tution nagaa kudhin govaigen Rajje halaakukoh sunnaafathi mikuranee. Adhurey ge faraathun lafayaa mashvaraa nagaa meehaku kuraane kankan mifennanee. pic.twitter.com/dp8KHn1UZL
— Mohamed Maleeh Jamal (@maleehjamal) October 3, 2024
މަލީހު މަޖާޒީ ގޮތަކަށް ގައުމުގެ ކަންކަން ހުރި ގޮތަކަށް ފާޑުވިދާޅުވެފައިވާއިރު، މިއަދު ގައުމު އޮތް ހާލަތުން ރައްޔިތުން ގެންދަނީ ސަރުކާރަށް ފާޑުކިޔާ ނުރުހުން އަމާޒުކުރަމުންނެވެ.