March 21, 2026
Advertisement
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު / ތޭރަ އޮންލައިން

ހުސެއިން ފައިސަލަށް: ބައްޕަގެ ފަސްބައިގައި އެލުވިގެން މަޝްހޫރުވާން އުޅުމަކީ އައްޗިކަމެއް

Mariyam Isaadha
މަރިޔަމް އިސާދާ
Aug 28, 2024, 04:59 PM
މާލެ ސިޓީ

ތިމަންނާއަކީ އަދުރޭގެ ދަރިއެކޭ ބުނެ އަދުގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހިމު ފައިސަލް މެޑަލް ޖަހަމުންދާ ދިއުމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެރޭ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ، ފައިސަލްގެ ހިތްވަރެއް ހުރި ނަމަ ސިޔާސީ މައިދާނުގައި އަމިއްލަ ސާބިތުކަން ދައްކާ މީހުންގެ މެދުގައި މަގްބޫލުކަން ހޯދަން ޖެހޭ ކަމަށެވެ.

އޭގެ ބަދަލުގައި ތިމަންނާއަކީ އަދުރޭގެ ދަރިއެކޭ ބައްޕަ ތިމަންނާއާ މެދު ވަރަށް ފަޚްރުވެރިއޭ ބުނެ ވާހަކަ ދައްކާ މެޑަލް ޖަހަން އުޅުމަކީ އެއީ ކަމުދާ ގޮތެއް ނޫން ކަމަށް ވެސް ހުސެއިން ވިދާޅުވިއެވެ.

ފައިސަލް އެބަޖެހޭ އަމިއްލައަށްސ ސާބިތުކަން ދައްކައިގެން ސިޔާސީ މައިދާނުގައި ފައި ހަމަ ކުރަން. ތިމަންނާއަކި އަދުރޭގެ ދަރިއޭ ބައްޕަ ވަރަށް ޕްރޮއުޑްވެއޭ ބުނެ ބައްޕަގެ ފަސްބައިގައި އެލިގަނެގެން އުޅުމަކީ އެއީ އައްޗިކަމެއް

ހުސެއިން

ހުސެއިން އިތުރަށް ވިދާޅުވީ، ފައިސަލްއަކީ ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރު ކަމަށާ އެހެންކަމުން އެ ރޮގުން ނަމަހީވެސް ކާމިޔާބީ ހޯދައިގެން އޭނާއަށް ވާނެކަން ދައްކަން ޖެހޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved