
ކްލައިމެޓް ޗޭންޖު އެންވަޔަރަމަންޓު އެންޑް އެނާޖީ މިނިސްޓްރީގައި 47 މުވައްޒަފުން ސިޔާސީ ގޮތުން އައްޔަނުކޮށްފައިވާކަން ހާމަވެއްޖެއެވެ.
އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތަށް ބަލާއިރު 47 ސިޔާސީ މުވައްޒަފުންގެ މުސާރައަށް އެކަނި 1.4 މިލިއަން ރުފިޔާ ދައުލަތުން ހަރަދުވެއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ލިބޭ މުސާރަ:
މި މައުލޫމާތަކުން އެނގޭ ގޮތުގައި އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 1,403,500ރ. (އެއް މިލިއަން ހަތަރު ލައްކަ ތިން ހާސް ފަސް ސަތޭކަ ރުފިޔާ) ހޭދަވެއެވެ.
އަހަރެއްގެ މައްޗައް ބަލާނަމަ 16,842,000ރ. (ސޯޅަ މިލިއަން އަށް ލައްކަ ސާޅީސް ދެ ހާސް ރުފިޔާ) ދައުލަތުގެ ބަޖެޓުން ހޭދަވެއެވެ.
ކުރީ ސަރުކާރު މަތި ބަރުކަަމަށް މި ސަރުކާރުން ބުނަމުން ގެންދާއިރު އެ މިނިސްޓްރީގެ ވެބްސައިޓުން ވަނީ ކުރީ ސަރުކާރުގައި އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދަކީ 27 ކަމަށް ދައްކާފައެވެ.
އެހެންކަމުން ދޭހަވެގެންދަނީ ކުރީ ސަރުކާރަށް ވުރެ އަދުގެ ސަރުކާރު މަތިބަރު ކަމެވެ.










