March 19, 2026
Advertisement
ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް
ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް / ސަން

އީޕީއޭ އުވާލަން ނިންމި ނިންމުން ބަދަލުކުރައްވާ ހުރިހާ ބާރެއް މިނިސްޓަރުގެ ދަށަށް ބަދަލުކޮށް އިދާރާ އޮތޯރިޓީއަކަށް!

Sudha Latheef
ސުދާ ލަތީފް
Aug 12, 2025, 11:34 PM
މާލެ ސިޓީ

ތިމާވެށްޓަށް ފާރަވެރިވުމުގެ ޒިންމާ މަތިކޮށްފައިވާ އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އެންމެހައި ބާރުތައް އެންވަރަމެންޓު މިނިސްޓަރުގެ ދަށަށް ބަދަލުކޮށް އެ އިދާރާ އޮތޯރިޓީއަކަށް ބަދަލުކޮށްފި އެވެ.

Advertisement

ޑިސެމްބަރު 18، 2008، ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ހާއްސަ ގަރާރެއްގެ ދަށުން އުފެއްދި އީޕީއޭ މިހައިތަނަށް ހިންގަމުން ދިޔައީ ގަވާނިން ބޯޑެއްގެ ލަފާގެ ދަށުންނެވެ. އީޕީއޭ އަކީ އަމިއްލަ ހައިސިއްޔަތެއް ލިބިގެން ހިންގަމުންދިޔަ ސައިންޓިފިކް، ރެގިޔުލޭޓަރީ އަދި އެންފޯސްމަންޓް އިދާރާއެކެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު ގެންނެވި ބަދަލާއެކު އެ އިދާރާގެ ނަން އެންވަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބަދަލުކޮށް، ހިންގުން ވަނީ އެންވަރަމެންޓު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

އެ ބަދަލު ގެނައީ އީޕީއޭއިން މިހާތަނަށް ކުރަމުން އައި މަސައްކަތަކީ ތިމާވެށި ރެގިއުލޭޓު ކުރުމުގެ މަސައްކަތް ކަމަށް ވާތީ އެ އިދާރާއިން ކުރާ މަސައްކަތާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ އެ ބަދަލާއެކު އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެ ހަލުވި ވެގެންދާނެ ކަަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved