ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާއާ ތިމާވެއްޓާ ބެހޭ ވުޒާރާ ހުންނަ އިމާރާތުގައި އަލިފާން ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ކޮންޓްރޯލު ނުކުރެވޭ ކަމަށަ ދަނީ ފެތުރެމުން ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހާމަކޮށްފިއެވެ.
މ. ގްރީން ބިލްޑިންގައި މިއަދު ހެނދުނުގެ ވަގުތެއްގައި އަލިފާން ރޯވެ ހިގާފައިވާ ހާދިސާގެ އަދާ ހަމަ މީޑިޔާތަކާ ހިއްސާ ކުރަމުން އެމްއެންޑީއެފުން ހާމަކުރި ގޮރުގައި އަލިފާން އަދި ކޮންޓްރޯލް އެއް ނުކުރެވޭ ކަމާ އިމާރާތް ކުރުމާއި ބިނާއާ ބެހޭ ވުޒާރާ ހުންނަ މުޅި ބިލްޑިންގ ގައި ވަނީ އަލިފާން ރޯވެފައެވެ.
މީގެ އިތުރުން އެއިމާރާތުގެ ވަށައިގެންވާ އެހެން އިމާރާތް ތަކުން މިހާރު ވަނީ މީހުން ހުސްކޮށްފައި ކަމަށާ މިހާރު ބޮޑަށް މަސައްކަތް ކުރަމުންދަނީ އެހެން އިމާރާތްތަކަށް އަލިފާން ފޯރިއަ ނުދިނުމަށް ކަމަށްވެސް ހާމަކޮށްފައިވެއެވެ.
އަލިފާން ކޮންޓްރޯލުކުރުމަށް ކުރަމުންދާ މަސައްކަތުގައި އެއަރޕޯޓުގެ ފަޔަރ ފައިޓަރސް ގެ އެހީތެރިކަން ވަނީ ލިބިފައިކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
އަލިފާން ގަނޑު ކޮންޓްރޯލު ނުކުރެވި މިހާރުވަނީ ތިމާވެއްޓާ ބެހޭ ވުޒާރާގައިވެސް އަލިފާން ހިފާފައެވެ.