March 20, 2026
Advertisement
 ހައްސާން މުހައްމަދު
ހައްސާން މުހައްމަދު / ގެޓީ އިމޭޖަސް

އިއުލާނު ކުރިތާ 48 ގަޑި އިރު ހަމަނުވޭ، އީއާރުއޭއަށް ވެރިޔަކު އައްޔަނުކޮށްފި

Sudha Latheef
ސުދާ ލަތީފް
Aug 20, 2025, 09:00 PM
މާލެ ސިޓީ

އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ޒިންމާދާރު އެންމެ އިސްވެރިޔާގެ މަގާމަށް މީހަަކު ހޯދަން އިއުލާނުކުރިތާ އެއް ދުވަސް ފަހުން، އެމަގާމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން މުހައްމަދު އައްޔަންކޮށްފި އެވެ.

Advertisement

ޗީފް އެގްޒެކެޓިވްގެ މަގާމަށް ހައްސާން އައްޔަނު ކުރިކަން އިއުލާނުކޮށް ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެގައި އީއާރުއޭ އިން ވަނީ މަރުހަބާ ކިޔާފައެވެ. އެއީ ސިޔާސީ މަގާމެއް ކަމަށް ވާއިރު، އީއާރުއޭ ހިންގުމުގައި އެންމެ އިސްކޮށް ހުންނަވާނީ ހައްސާން އެވެ.

ނަމަވެސް އީޕީއޭގެ ނަން އީއާރުއޭ އަށް ބަދަލުކުރުމާ އެކު، އެ ތަނުގެ އެންމެ އިސްވެރިޔާގެ މަގާމަކީ ޗީފް އެޑްމިނިސްޓްރޭޓަރު ކަމަށް ރައީސް އޮފީހުން ވަނީ ކުރިން އަންގާފައި ވެއެވެ. ނަމަވެސް ޗީފް އެގްޒެކެޓިވްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުން އެންމެ އިސްވެރިޔާއަކީ ހައްސާން ކަމަށް ވެއެވެ.

ކުރިން މިނިވަން އިދާރާއެއްގެ ގޮތުގައި އޮތް އީޕީއޭގެ ނަން ބަދަލުކޮށް، ސިޔާސީ ފަރާތްތަކުގެ ބާރު ހިނގާ ގޮތަށް އުފެއްދި އީއާރުއޭ އަށް ވެރިޔަކު ހޯދަން ކުރި އިއުލާނުގެ މުއްދަތު ހަމަވާނީ މި އޮގަސްޓް މަހުގެ 26 ވަނަ ދުވަހަށެވެ. ނަމަވެސް އިއުލާނު ކުރިތާ 48 ގަޑި އިރުވެސް ހަމަ ނުވަނީސް މިވަނީ އީއާރުއޭ އަށް ވެރިޔަކު އައްޔަނު ކޮށްފައެވެ.

އީޕީއޭގެ ބާރު ކެނޑޭ ގޮތަށް ރައީސް މުއިއްޒު ގެންނެވި ބަދަލު ތަކުގެ ސަބަބުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved