March 20, 2026
Advertisement
ހުޅުމާލެ ދެވަނަފިޔަވަހީގައި ގާއިމު ކުރާ ވަގުތީ މިސްކިތުގެ މަސައްކަތް
ހުޅުމާލެ ދެވަނަފިޔަވަހީގައި ގާއިމު ކުރާ ވަގުތީ މިސްކިތުގެ މަސައްކަތް / އާބަންކޯ

އިމާރާތްކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ހަރުދަނާކުރަން އިލްތިމާސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
May 20, 2024, 02:03 AM
މާލެ ސިޓީ

މި ދުވަސްވަރު މުޅި ރާއްޖެއަށް ވެސް ވައިގަދައިރު، އިމާރާތްކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ހަރުދަނާކުރަން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

Advertisement

މި ކަމާ ގުޅިގެން އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، ކުރިއަށް އޮތީ ހުޅަނގު މޫސުމުގެ ދުވަސްވަރަށްވުމުން މޫސުން ގޯސްވެ، ވައި ވެސް ގަދަވާނެ ކަމަށެވެ. އަދި، އެކަމުގެ ސަބަބުން މަސައްކަތުގެ ސައިޓުގައި ހަރުކޮށްފައި ހުންނަ ނުވަތަ ބޭނުންކުރާ ތަކެތި ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގައިފާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިހާރު އިމާރާތުގެ މަސައްކަތް މަޑުޖެހިފައިވާ ސައިޓުތަކުގައިވާ ތަކެތި ވެސް ވަޔާ އެކު ނުދާނެ ގޮތަށް ރައްކާތެރިކޮށް ބަހައްޓަން މިނިސްޓްރީން ވަނީ އަންގައިފައެވެ.

ހަމަ އެހެންމެ މި މި މޫސުމަކީ ރާއްޖޭގައި އަބަދު ވެސް މަދީރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަވާ ދުވަސްވަރެއް ކަމުންނާއި އަދި އިމާރާތް ކުރާ ސައިޓްތަކަކީ މަދިރި އާލާވާ ފަދައިން ފެން ހަރުލާފައިވާ ހުންނަ ތަންތަނަށްވުމުން މިފަދަ ތަންތަން ސާފުކޮށް އަދި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަކީ މަދިރިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމުގައި ވަރަށް މުހިންމު ކަމެއް ކަމަ އެ މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved