ރަމަޟާން މަހަށް ތައްޔާރުވުމަށް ޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް އާބަންކޯއިން ފަށައިފިއެވެ.
އާބަންކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނުނިން ދަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް، ހަލުވިކަމާއިއެކު ކުރަމުންކަމަށެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް، ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް މިކުންފުނިން މިދަނީ ހަލުވިކަމާއިއެކު ކުރަމުންނެވެ. އަންހެނުންނާއި ފިރިހެނުންގެ ބައި ވަކިކޮށް ހަދަމުންދާ… pic.twitter.com/ernY32PT4v
— Urbanco (@hdcmaldives) January 17, 2024
އަންހެނުންނާއި ފިރިހެނުންނަށް ވަކި ދެބަޔާ އެކު ބިނާ ކުރާ މި މިސްކިތުގައި 150 މީހުންނަށް އެއްފަހަރާ ނަމާދުކުރަން ވަދެވޭ ޖާގަ ހުންނާނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައިއެވެ.
ރަމަޟާން މަހަކީ ގިނަ އަދަދެއްގެ އަންހެނުންނާއި ފިރުހެނުން ތަރާވީހް ނަމާދަށް މިސްކިތައް ދާ މަހެކެވެ. އެހެން ކަމުން ހުޅުމާލެ ދެވަނަ ފިޔަވަހި ފަދަ ގިނަ ރައްޔިތުން ދިރިއުޅޭ ސަރަހައްދެއްގައި، އަޅުކަމަށް ބޭނުންވާ ޖާގަ އިތުރުކުރުމަކީ މުހިއްމު ކަމެކެވެ.
މި މިސްކިތް ވެގެން ދާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމު ކުރެވޭ ތިން ވަނަ ވަގުތީ މިސްކިތަށްކަން ފާހަގަކޮށްލެވެއެވެ.