އިންޑިއާ އަސްކަރިއްޔާ ބާލައިފި ކަމަށް ބުނެ މި ސަރުކާރުން ފަތުރަނީ ސިޔާސީ ވާހަކައެއް ކަމަށް ރާއްޖޭގެ ކުރީގެ ދާޚިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އަސްކަރިއްޔާ ބާލައިފި ކަމަށްބުނެ މެޑަލް ޖެއްސެވި ނަމަވެސް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަދި އެވައުދު ނުފުއްދޭ ކަމަށެވެ.
އުމަރު ވިދާޅުވީ މިހާރު ފަތުރަމުންދާ ވާހަކަތަކަކީ ސިޔާސީ ގޮތުން ފިިތިފައި ތިބެގެން ސަރުކާރުން އިންޑިއާގެ ނުފޫޒާ އެކު ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ވައުދަކީ އިންޑިއާ އަސްކަރިއްޔާ މި ގައުމުން ބޭލުން ކަމަށާ އެގޮތުން އިންޑިއާ މިލިޓަރީ އައުޓު ކުރަން ވީ ވައުދެއް ކަމަށާ އެހެންކަމުން އިންޑިއާ ސިފައިން ބާލާފައި ފޮނުވި ކަމަށް ބުނުމަކުން ވައުދު ނުފުއްދޭ ކަމަށާ ނަމަވެސް ވައުދު ފުއްދުނު ކަމަށް ބެލޭނީ އިންޑިއާ އަސްކަރިއްޔާ އުޅަނދުތަކާ އެކު ސިފައިން ވެސް ފޮނުވާލުން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.