theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޓުއަރިޒަމް މިނިސްޓާރ އިބްރާހިމް ފައިސަލް / ސޯޝަލް މީޑިއާ
ސިޔާސީ
ފެކްޓް ޗެކް: ޕީއޭ އުފައްދަން ފޯމް ހޯދީ އުމުރުން 17 އަހަރުގައި ކަމަށް ދައުވާކުރިއިރު، އޭރު ފައިސަލަށް 22 އަހަރު!
Aishath Naja
އައިޝަތު ނަޖާ
20 މޭ 2024
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އެންމެ ފުރަތަމަ އުފެއްދެވި ޕާޓީ، ޕީޕަލްސް އެލަޔަންސް (ޕީއޭ) އުފައްދަން މީހުން ހަމަ ކުރީ އޭނާގެ އުމުރުން 16، 17 އަހަރުގައި އެކި ރަށް ރަށަށް ވަޑައިގެން ފޯމު ހަމަކޮށްގެން ކަމަށް ފައިސަލް ދައުވާ ކުރި އިރު، އޭރު ފައިސަލަށް 22 އަހަރު، ދައުވާކޮށް ޖެއްސެވި ހިސާބު ދިމާނުވާކަން ހާމަވެއްޖެއެވެ.

ސަންގު ޓީވީގެ "ސަރުކާރު" ޕްރޮގްރާމްގައި ރައީސް ޔާމީން އަކީ ވެރިކަމަށް އައުމުގެ ކުރިން ރާއްޖޭގައި އެހާ މަގުބޫލު ފަރާތެއް ނޫން ކަމަށާއި އެމަނިކުފާނު މަގުބޫލުވެގެން ދިޔައީ ފައިސަލްގެ އުމުރުން 17، 18 އަހަރުގައި ކުރެއްވި މަސައްކަތަކުން ކަމަށް ދައުވާކުރި އިރު އެއީ ފައިސަލް ހެއްދެވި އިތުރުފުޅެއްކަމަށް ވަނީ ސާބިތުވެފައެވެ.

ވިކިޕީޑިޔާއިން ފައިސަލްގެ އުފަން ތާރިހް ފެންނައިރު ފައިސަލް އުފަންވެފައިވަނީ 1986 ވަނަ އަހަރުގައެވެ.

ރައީސް ޔާމީން ޕީއޭ އުފެއްދެވީ 2008 ވަނަ އަހަރުގައެވެ. އެހެން ކަމުން ފައިސަލަށް އޭރު އުމުރުން ވާނީ 22 އަހަރެވެ.

އޭގެއިތުރުން ރައީސް ޔާމީން އަށް ސިޔާސީ ހަޔާތްޕުޅެއް ހޯދައިދެއްވީ ފައިސަލް އިސްވެ ހުންނަވާ ލާމު އަތޮޅުން ކަމަށް ފައިސަލް އެ ޕްރޮގްރާމްގައި ވާހަަކަފުޅު ދައްކަވަމުން ވަނީ ދައުވާކޮށްފައެވެ.

ފައިސަލް ރައީސް ޔާމީނަށް ބަހުގެ ހަމަލާތައް ގެންދަވަމުން ދަނީ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލާއި، ޕީއެންއެފްގެ ސެކެރެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ފައިސަލްގެ ތައުލީމީ ފެންވަރަށް ފާޑުވިދާޅުވުމުންނެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަމްސީލްކުރުމަށް ރާއްޖޭން ބޭރުގެ ގައުމުތަކުގައި ބޭއްވޭ ފެއާރ ތަކުގައި އިނގިރޭސި ބަހުން ވާހަކަ ދައްކަން ނޭނގި "ބްރޯކަން އިންގްލިޝް" އިން ވާހަކަ ދައްކަވަމުން ގެންދާތީ ގިނަ ފަރާތްތަކުގެ މަލާމާތާއި ފާޑުކިޔުން ފައިސަލަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓު
ކޮމެންޓްތައް
boa halaaku
22 މޭ 2024, 10:50
muihzu vejeh meena beyrukuran meetha thividhaalhuvaa gaabil meehunnakee
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved