March 18, 2026
Advertisement
ރަމަޟާން މަހު މާލެ ސަރަހއްދުގައި ގުޑީ އަރުވަނީ
ރަމަޟާން މަހު މާލެ ސަރަހއްދުގައި ގުޑީ އަރުވަނީ / މިސްބާހް | ތޭރަ އިމޭޖްސް

ފިނިހޫނުމިން މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް މަތިކޮށް!

Mariyam Isaadha
މަރިޔަމް އިސާދާ
May 21, 2024, 06:41 PM
ހުޅުލެ

އިހްސާސްކުރެވޭ ފިނިހޫނުމިން މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް މަތިކަމަށް ދައްކައިފިއެވެ.

Advertisement

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ވިއްސާރަ، މޫސުން ގޯސް ދުވަސްތަކަކަށް ފަހު ބައެއް ހިސާބުތަކުގެ ހޫނިމިން ވަނީ ވަރަށް މައްޗަށް ގޮސްފައެވެ.

އެގޮތުން މިއަދު 11:00 ޖެހިއިރު އެކި ސަރަހައްދުތަކަށް އިހްސާސް ކުރެވުނު ހޫނުމިން ހުރި މިންވަރަށް ބަލާއިރު:

  • ހދ. ހަނިމާދޫ - 38.3 ޑިގްރީ ސެލްސިއަސް
  • ކ. ހުޅުލެ - 45.6 ޑިގްރީ ސެލްސިއަސް
  • ލ. ކައްދޫ - 43 ޑިގްރީ ސެލްސިއަސް
  • ގދ. ކާޑެއްދޫ - 43 ޑިގްރީ ސެލްސިއަސް
  • ލ. ގަން - 40 ޑިގްރީ ސެލްސިއަސް

ފިނި ހޫނުމިނަށް ބަލާއިރު އެންމެ މަތީގައި އުޅެނީ ހުޅުލެެ އާއި ކާޑެއްދޫ ސަރަހައްދެވެ. ހުޅުލެ އާއި ކާޑެއްދޫގައި ފިނިހޫނުމިން ހުރީ 32.1 ޑިގްރީ ސެލްސިއަސްގައެވެ.

ހއ. ހަނިމާދޫ ފިނިހޫނުމިން 29.5 ޑިގްރީ ސެލްސިއަންގައި އުޅޭއިރު، ލ. ކައްދޫގެ ފިނި ހޫނުމިން އުޅެނީ 31.3 ޑިގްރީ ސެލްސިއަސްގައެވެ. އަދި އައްޑޫ ސިޓީ ގަމުގެ ފިނިހޫނުމިން ހުރީ 31.4 ޑިގްރީ ސެލްސިއަސްގައެވެ.

މި އަހަރަކީ "އެލްނީނޯ" އަހަރެއް ކަމަށް ވުމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ލަފާކޮށްފައިވެސް ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved