March 12, 2026
Advertisement
މޫސުން ގޯސްވެ ސިންގަޕޯރ އެއާލައިންސް ފްލައިޓެއްގައި މީހަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެ
މޫސުން ގޯސްވެ ސިންގަޕޯރ އެއާލައިންސް ފްލައިޓެއްގައި މީހަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެ / ސޯޝަލް މީޑިއާ

މޫސުން ގޯސްވެ ސިންގަޕޯރ އެއާލައިންސް ފްލައިޓެއްގައި މީހަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
May 22, 2024, 01:44 AM
މާލެ ސިޓީ

ދަތުރުކުރަމުން ދަނިކޮށް މޫސުން ގޯސްވުމުގެ ސަބަބުން، ޓަރބިއުލެންސް އެއްގައު ޖެހ، ސިންގަޕޯރ އެއާލައިންސްގެ ފްލައިޓެއްގައި ގިނަ ބަޔަކަށް އަނިޔާވެ، އެކަކު މަރުވެއްޖެއެވެ.

Advertisement

ފްލައިޓް އެސް.ކިއު 321 ލަންޑަން ހީތްރޯ އެއާޕޯޓުން ސިންގަޕޫރަށް ކުރި މި ދަތުރުގެ ހާދިސާ ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ހާދިސާ މެދުވެރިވުމާއެކު، ތައިލެންޑްގެ ބެންކޮކްގައި، ފްލައިޓް ވަނީ އިމަޖެންސީކޮށް ލޭންޑް ކޮށްފައެވެ.

މި ހާދިސާގައި 20 މީހަކަށް އަނިޔާވެފައިވާއިރު، މިހާތަނަށް މަރުވި ކަމަށް ރިޕޯޓްކޮށްފައިވަނީ އެންމެ މީހެކެވެ. މި ފްލައިޓުގައި ޖުމްލަ 211 ފަސިންޖަރުންނާއި 18 ކްރޫއިން އައީ ދަތުރުކުރަމުންނެވެ. ހާދިސާއާ ގުޅިގެން ސިންގަޕޫރު އެއާލައިނުން ނެރުނު ބަޔާނެއްގައި ވަނީ އެންމެ އިސްކަން ދެނީ ފަސިންޖަރުންނާއި ކްރޫންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

އަދި ތައިލެންޑުގެ އިދާރާތަކާ ގުޅިގެން ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އިންތިޒާމް ހަމަޖައްސަމުން އަންނަކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން އެއާލައިންގެ ޓީމެއް ބެންކޮކަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved