March 12, 2026
Advertisement
ވައިގަދަވެ، ހިޔާ ސަރަހައްދުގެ ވަގުތީ މާރުކޭޓުގެ ޓިނުތައް ނެއްޓި އާންމުންނަށް ބޮޑު ބިރަކަށް ވެއްޖެ
ވައިގަދަވެ، ހިޔާ ސަރަހައްދުގެ ވަގުތީ މާރުކޭޓުގެ ޓިނުތައް ނެއްޓި އާންމުންނަށް ބޮޑު ބިރަކަށް ވެއްޖެ / ސޯޝަލް މީޑިއާ

ވައިގަދަވެ، ހިޔާ ސަރަހައްދުގެ ވަގުތީ މާރުކޭޓުގެ ޓިނުތައް ނެއްޓި އާންމުންނަށް ބޮޑު ބިރަކަށް ވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
May 22, 2024, 05:04 PM
މާލެ ސިޓީ

މޫސުން ގޯސްވެ، ވައިގަދަ ވުމުގެ ސަބަބުން ހުޅުމާލެ ފޭސް 2 ގެ ވަގުތީ މާރުކޭޓުގެ ޓިނުތައް ނެއްޓި އެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް  އުނދަގޫ ތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

Advertisement

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ވައިގަދަވެ އެކި ގެއްލުންތައް ދަނީ ކުރިމަތިވަމުންނެވެ. މީގެ އިތުރުން ކަނޑުގަދަވެ، ކަނޑުމަތީގެ ހާދިސާތައް ވެސް ދަނީ ކުރިމަތި ވަމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއާއެއްގައި ވައި ގަދަވުމުގެ ސަބަބުން ދެވަނަ ފިޔަވަހީގެ ވަގުތީ މާރުކޭޓުގެ ޓިނުތައް ނެއްޓި ވަޔާއެކު މުޅި އެ ސަރަހައްދުގައި އަންނަނީ އެނބުރެމުންނެވެ. އަދި މާރުކޭޓުގެ އެތެރޭގައި ހުރި ގޮނޑި ފަދަ ހިފާ ގެންގުޅޭ ސާމާނު ވެސް ވަޔާއެކު އެކި ދިމަ ދިމާލަށް ވަނީ ގެންގޮސްފައެވެ.

މިފަދަ ސަރަހައްދުތައް ރައްކާތެރި ކަމާއި އެކު ބަލަހައްޓަން ޖެހޭ އިދާރާތަކުން ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން އާންމުން ވަނީ މިކަމުގެ ތަކުލީފު އުފުލަން ޖެހިފައެވެ.

މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ޝަކުވާ ކުރުމާއި ގުޅިގެން އެޗް.ޑީ.ސީ އިން ވަނީ އާންމުންނަށް ރައްކާތެރި ސަރަހައްދެއްކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހާމަކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ދަނީ ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved