މިނިސްޓަރު ފައިސަލް އަދި ނޫރައިން / ތޭރަގްރެފިކްސް
ސިޔާސީ
ނޫރުއައިން އިސްތިއުފާދެއްވީ ފައިސަލުގެ ޖެއްސުންކުރުމާއި ފުރައްސާރައަށް ކެތްނުކުރެއްވިގެން
Moosa Shizmee
މޫސާ ޝިޒްމީ
22 މޭ 2024

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ)ގެ ޗެއާރޕަރސަންގެ މަގާމުގައި ހުންނެވި ނޫރުއައިން ޖަނާހު އެ މަގާމުން އިއްޔެ އިސްތިއުފާދެއްވީ އޭނާއަށް ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލުގެ ފަރާތްޕުޅުން ކުރިމަތިވި ޖެއްސުމާއި ދުއްތުރާތަކަށް ކެތްނުކުރެއްވިގެންކަން ތޭރަ އޮންލައިނަށް ކަށަވަރުވެއްޖެއެވެ.

މަސްދަރު ހާމަނުކުރުމަށް އެދުމާއެކު ނޫރުއައިންގެ އާއިލީ ބޭފުޅަކު ތޭރައޮންލައިންއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ދުބާއީގައި އޮތް އަރަބް ޓްރެވެލް މާކެޓް ފެއާގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ނޫރުއައިން ޖަވާބުދެއްވި ހިސާބުން އޭނާއަށް އެކި ގޮތްގޮތުން ފައިސަލު އައީ ފިއްތުންތައް ކުރިމަތުކުރަމުން ކަމަށެވެ. އެގޮތުން އިތުރަށް ޓްރެވަލް ފެއާތަކުގައި ބައިވެރިނުވެވޭނެކަން ފައިސަލު އެންގެވި ކަމަށާއި، ކުންފުނީގެ ބޯޑުގައި ހިމެނޭ އެހެން މީހުން މެދުވެރިކޮށް ޖެއްސުންކޮށް މަލާމާތްކޮށް ނޫރުއައިންއަކީ ދިވެއްސެއް ނޫންކަމަށް ބުނެ ދުއްތުރާކުރި ކަމަށްވެސް އޭނާ ކިޔައިދިނެވެ.

ނޫރުއައިނަކީ ނިއުޒިލޭންޑުން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ދުނިޔޭގެ އެންމެ ބޮޑު 4 އެކައުންޓިން ފާމުގެ ތެރެއިން އެއް ފާމުގެ އެގްޒެކެޓިވް ފެންވަރުގެ މަގާމެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޓޫރިޒަމް ސިނާއަތާ ގުޅުންހުރި މަގާމެއްގައި ހުންނެވި އެންމެ ތަޖުރިބާކާރު އެންމެ ތައުލީމީ ބޭފުޅާއެވެ. މީހުންނާމެދު ޒާތީ ކަމެއް ނުބާއްވަވާ ސާދާ ބޭފުޅެއްގެ ގޮތުގައި ފެނިފައިވާ ނޫރުއައިން އާންމުންނަށް ކުރިން ނޭނގުނު ނަމަވެސް އޭނާ ދުބާއީގައި ދެއްވި އިންޓަވިއުގެ ސަބަބުން މަގުބޫލު ބޭފުޅަކަށްވިއެވެ.

އެ މަގުބޫލުކަން އިތުރުވެ ނޫސްވެރިން އޭނާގެ އިންޓަވިއުތައް ގެނެސްދޭން ފެށުމުން، ފައިސަލުގެ ފަރާތުން އެކިކަލަ ޖެއްސުން އޭނާއަށް ކުރިމަތިވިއެވެ. އެވާހަކަތައް ތޭރަ އޮންލައިނުން ގެނެސްދިނުމުން އެއީ ދޮގު ވާހަކަތަކެއްކަމަށް ބުނެ ފައިސަލު ފޭސްބުކުގައި ދިގު ބަޔާނެއް ލިޔުނު ނަމަވެސް، ނޫރުއައިނުގެ އިސްތިއުފާއާއެކު ފައިސަލު ދެއްކި ވާހަކަތަކަކީ ދޮގުކަން އެނގިއްޖެއެވެ.

ފައިސަލަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ އިނގިރޭސި ބަހުން ޕްރައިމަރީ ސުކޫލެއްގައި ކިޔަވާ ދަރިވަރަކުވެސް ވާހަކަދައްކާ ފެންވަރަށްވުރެ ދަށް ފެންވަރުގައި ރާއްޖެ ތަމްސީލުކުރަން ކަމަށް ބުނެ ފައިސަލު ވާހަކަދައްކާތީއެވެ. އެކަމުގެ ރައްދުގައި ފައިސަލް ބުނެފައިވަނީ ކޯޗެއް ހަޔާކޮށްގެން ޕަބްލިކް ސްޕީކިންއާއި އިނގިރޭސިބަސް ރަނގަޅުކުރުމަށް މަސައްކތްކުރާނެ ކަމަށެވެ. 6 މަސް ތެރޭގައި އެކަން ރަނގަޅުކުރާނެ ކަމަށެވެ.

ރާއްޖޭގެ ތާރީހުގައިވެސް ވަޒީރުކަމާ ހަވާލުވުމަށްފަހު، އެ މަގާމުގެ އެންމެ އަސާސީ މަސްއޫލިއްޔަތުތައް އަދާކުރަން ކޯޗެއް ހޯދައިގެން ކިޔަވައި އުނގެނޭ ފުރަތަމަ ވަޒީރަކީ ފައިސަލެވެ. ނޫރުއައިންގެ އިތުރަށްވެސް ޓޫރިޒަމް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިނގާ އެއްވެސް ތަނެއްގައި ފައިސަލަށްވުރެ ގާބިލު މޮޅު މީހަކު ހުރިނަމަ އެމީހަކަށް އޭނަގެ ފަރާތުން އަންނަނީ ދުއްތުރާއާއި އުދަގޫތައް ކުރިމަތިވަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައް
އުމާ މަހޭޟްވަރަން ބިން ސަގަރޭ
22 މޭ 2024, 13:01
ފައިސަލަކީ ލަދެއްގެ ކަންފުޅެއްވެސް ހުރިމީހެއްނަމަ ތިވަޒީފާ ގަބޫލު ނުކުރީސް ނުކިޔަވާތަނުގަ އަހުލާގެއްވެސް ނެތީ ރައީސައް ކޮންކަހަލަ މަޖުބޫރު ކަމެއް އޮވެންގެންބާ މީނަޔައް މިނިސްޓަރުކަންދިނީ، ބަޔަކު މީހުން ހޮޅުއަށީގަ ވާހަކަދައްކާ އަޑުއެހިން ފޮރިން މިނިސްޓަރް ވަރައް މޮޅޭ މިވަރު މޮޅު ދޫހެލޭ މީހަކު ނުދެކެމޭ ފަރަންޖީބަހާ އަރަބިބަހާ ތަމަޅަ ބަހައް ވަރައް ފަރިތަކަމައް ވަނީ
ޒިޔާދު
22 މޭ 2024, 18:35
ކެތްކުރެވޭނީ ވަކިވަަރަކަށްތާ ނޫރައަށްދޭންވީ ބޭރުގައުމެއްގެ ސަފީރުކަން
މުޙަންމަދު މޫސާފުޅު
29 މޭ 2024, 05:17
ޑޮކްޓަރ މުޢިއްޒު ރައީސްކަމަށް ކެމްޕެއިން ކުރައްވަމުންދިޔަ ދުވަސްވަރު މާލޭގައި ދިރިއުޅޭ ވެލިދޫގެ ބައެއްމީހުންނަށް ދިމްޔާތަށް ދައުވަތުދެވިގެން ދިޔަމީހުންގެތެރޭގައި އަޅުގަނޑުވެސް ހިމެނިގެންދިޔައީމެވެ. އެތާގައި ފައިސަލްއާއި ވެލިދޫ އިބްރާހީމްޔޫސުފު މޭޒެއްގެދޮށުގައިތިއްބެވެ. އަޅުގަޑަކީޝަރުޢީރުޤްޔާކުރުމުގެ ޢިލްމުން ދުނިޔެ ޤަބޫލުކުރާ ފާހެއް ހުއްދައެއްއޮތް ހަމައެކަނިދިވެއްސެވެ. އެދުވަހުވެސް މީނާއަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން އެގުނެވެ.
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved