March 20, 2026
Advertisement
ރައީސް ޑރ. މުއއިްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ރައީސް ޑރ. މުއއިްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން. / ގޫގުލް

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ބަންދު ދުވަހެއް ނޫން ކަމަށް ކަނޑައަޅައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 18, 2024, 05:58 PM
މާލެ ސިޓީ

އައު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ނޫން ދުވަހެއްގެ ގޮތުގައ ކަނޑައަޅައިފިއެވެ.

Advertisement

އެ ދުވަހަކީ ބަންދޫ ނޫން ދުވަހެއްގެ ގޮތުގައި ކަނޑައަޅާ އެކަން އިއުލާންކޮށްފައިވަނީ ރައީސް އޮފީހުން ކުރި އިއުލާނެއްގައެވެ.

އެގޮތުން އިއުލާނުގައި ވާ ގޮތުގައި ފެބްރުއަރީ ފަސް ވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާނެއެވެ. އަދި އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ނޫން ކަމަށް ކަނޑައަޅާފައިވާ ކަމަށްވެސް ވެއެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެއެވެ.

މީގެ ކުރީގައި ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަސް ދުވަހެކެވެ.

މަޖިލީހުގެ ދައުރު މި އަހަރަށް ފެށުމުގެ ގޮތުން ބާއްވާ ޖަލްސާގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. ޖަލްސާ އޮންނާނީ ފަސްވަނަ ދުވަހުގެ ހެނދުނު 9:00 ގައެވެ.

މަޖިލީހުގެ ޖަލްސާތައް އަންނަ މަހު ފަށާއިރު މުހިންމު މަސައްކަތްތަކެއް އޮތީ ތޮއްޖެހިޖެހިފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved