ފިހަޅޮހި އައިލެންޑް ރިސޯޓްގައި ގެނބިގެން މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި އެ ރިސޯޓްގައި ސްނޯކްލިންގ އަށް ފޭބި ފަތުރުވެރިއަކު ގެނބިގެން އޭޑީކޭ އަށް ގެންދާ ކަމަށް މިއަދު 11:30 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.
އަދި އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެ މީހާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް ވަނީ މައުލޫމާތުދީފައެވެ.
ނިޔާވެފައި ވަނީ ރަޝިޔާ އަށް ނިސްބަތްވާ 67 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
އިއްޔެ ވެސް ވަނީ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ސަލާމަތް ކުރަން މޫދަށް ފުންމާލި އެ ރިސޯޓްގެ ދިވެހި މުވައްޒަފަކު ނިޔާވެފައެވެ.