އާބަންކޯގެ ނަން އަނެއްކާވެސް ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން- އެޗްޑީސީއަށް ބަދަލުކޮށް، ކުނުފުނީގެ ލޯގޯއައި ނަން ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
އެޗްޑީސީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުނުފުނީގެ ޤާނޫނީ ނަން ދައްކުވައިދޭ ލޯގޯއާއި ބްރޭންޑް ނަން ހާމަކޮށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ގޮތުގައި، ކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ އަލުން ބަދަލުކޮށްފައިވާކަން އަޅުގަނޑުމެންނަށް އުފާވެރިކަމާއެކު އިޢުލާން ކުރާކަމަށެވެ.
އަދި މުޖުތަމަޢަށް ރައްކާތެރި، ސްމާޓް، އަދި ދެމެހެއްޓެނިވި ސިޓީތައް ތަރައްޤީކުރުމަށް އެޗްޑީސީއިން ކުރާ ވަޢުދުގައި ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަންވެސް އެ ކުންފުނިން ވަނީ ދީފައިއެވެ.
With the aim of connecting with our roots, today we've reinstated HDC as our corporate identity, and we strive to create diverse initiatives that benefit our community. #HDCMaldives pic.twitter.com/tGGDBixK7T
— Housing Development Corporation (@hdcmaldives) January 18, 2024
2003 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އަންނަ އެޗްޑީސީ ވަނީ 2023 ވަނަ އަހަރުގެ އޭޕްރިލް 1 ވަނަ ދުވަހު އާބަންކޯގެ ނަމުގެ ދަށަށް ބަދަލުކޮށްފައިއެވެ.
މީގެ ކުރިން އެޗްޑީސީގެ ހިންގަމުން އައި، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައިއެވެ. ނަމަވެސް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއަށް ބަދަލުކޮށްފައިވަނީ 2008 ގައި އެމްޑީޕީ ސަރުކާރުންނެވެ.
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފައްދާފައިވަނީ 2001 ވަނަ އަހަރު ހުޅުމާލޭ ފޭސް 1 ގެ މަސައްކަތް ކުރުމަށްޓަކައެވެ.