March 12, 2026
Advertisement
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ / ސޯޝަލް މީޑިއާ

ނޭޕާލު މީހަކު ރަހީނުކޮށްގެން ގެންގުޅުނު ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
May 25, 2024, 06:18 PM
މާލެ ސިޓީ

ރާއްޖޭގައި ނޭޕާލު މީހަކު ރަހީނުކޮށް ފޮރުވައިގެން ގެންގުޅެމުން ދިޔަ ބަންގްލަދޭޝް ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ނޭޕާލު މީހާ ހައްޔަރުކޮށްގެން ގެންގުޅެފައިވަނީ މާފަންނުގައި ހުންނަ ވީބީ މާޓް ގޯޅި ތެރޭގައި ހުންނަ ގެސްޓް ހައުސްއެއް ތެރޭގައެވެ. ނޭޕާލުގެ ފިރިހެންމީހާ ރަހީނު ކޮށްފައިވަނީ ބަންގަލަދޭޝްގެ ބަޔަކު ގުޅިގެންނެވެ.

ފުލުހުން ބުނެފައިވަނީ،މާފަންނު ގެސްޓު ހައުސެއްގައި ނޭޕާލު މީހަކު ރަހީނުކޮށްގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބުމާއި އެކު ފުލުހުންގެ ފުލުހުންގެ އެންޓް ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުގެ އިންވެސްޓިގޭޓަރުން އަދި ކްރައިމް ސީން އޮފިސަރުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އަދި ރަހީނުކޮށްފައިވާ މީހާ ސަލާމަތް ކޮށްފައިވާ ކަމަށާއި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ބުނެފައިވަނީ، އެމައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ ބަންގްލަދޭޝްގެ ދެ ފިރިހެނުން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved