March 12, 2026
Advertisement
މުހައްމަދު މަލީހު ޖަމާލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
މުހައްމަދު މަލީހު ޖަމާލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ސްކޫލްކުދިންގެ ފޮތްތައް ހަމަނުވިނަމަވެސް މިލިއަންތަކެއް ހަރަދުކޮށް ރައީސް ބޭރުގައި

Aishath Alaina
އައިޝަތު އަލައިނާ
May 26, 2024, 04:36 PM
މާލެ ސިޓީ

ސްކޫލްކުދިންގެ ފޮތްތައް ހަމަނުވިނަމަވެސް މިލިއަންތަކެއް ހަރަދުކޮށްގެން ރައީސް ޑރ. މުޙައްމަދު ވަނީ ރާއްޖެއިން ބޭރުގައި ކަމަށް ވިދާޅުވެ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.

Advertisement

މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އާދިއްތަ ދުވަހު ސްކޫލަށް ދަރިވަރުން ނިކުންނަ އިރު އެ ދަރިވަރުންގެ ފޮތްތައް ހަމަނުވެ ހުރި ކަމުގައި ވީނަމަވެސް ރާއްޖޭގެ ރައީސް މިހާރު ވަނީ މިލިއަން ޚަރަދުކޮށްގެން ކެރީބިއަންގެ އެންޓީގުއާ އެންޑް ބާރބިއުޑާގައި ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ކެރިބިއަންއަށް ދަތުރުފުޅުކުރަައްވާފައި ވަނީ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (އެސްއައިޑީއެސް) ގައި ބައިވެރިވެވަޑައިގަތުމަށެވެ.

ނަމަވެސް މަލީހު ވިދާޅުވީ މިދާ ރޭޓުން ރައީސް. މުއިއްޒު އެހެން ޤައުމުތަކުގެ ވަޒީރުންގެ ކައިވެނީގެ ހަފްލާޔަށްވެސް ދަތުރުފުޅުކުރައްވަން ފައްޓަވާނެ ކަމަށެވެ.

ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރައިސް. މުއިއްޒު ވަނީ އެތައް މިލިއަނެއް ހަރަދުކޮށްގެން ބޭރުގެ އެކި ގައުމުތަކުގެ އިވެންޓުތަކުގައި ބައިވެރިވެޑައިގަތުމަށް ދަތުރުފުޅުކުރައްވާފައިއެވެ.

މިއީ ވެސް އެފަދައިން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
ކޮމެންޓްތައު
Hadhaan
May 27, 2024, 04:29 AM
ސްކޫލުފޮތް އެކަނިތަ? އެކި ރަށްރަށުގަތިބި އެހެންރަށް ރަށުގެ ޕްރިންސިޕަލުންނަށް ދޭ އެކޮމޮޑޭޝަން ވެސް ނުދޭ. އެމީހުން އުޅެނީ ބޮޑުކުލީގަ އަމިއްލަ ޖީބުން ހަރަދުކޮށްގެން. މިއަތޮޅުގެ ރަށެއްގެ ޕްރިންސިޕަލްވެސް ކުލި އަމިއްލައަށް ދައްކަންޖެހޭތީ އެދިޔައީ ސްކޫލު ދޫކޮށް. ހުރިހަ ދެރައެއް ރަށަށް. މިވާހަކަވެސް ޗެނަލް 13 އިން ގެންނަންޖެހޭ. މިގޮތަށްޖީބުން ކުލި ދައްކާ 40 ޕްރިންސިޕަލުން އެބަތިބި.
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved