April 22, 2026
Advertisement
44 ޓަނުގެ ފިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ދަނީ
44 ޓަނުގެ ފިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ދަނީ / ފޭސްބުކް

ފޭސް 2 ގައި އުޅޭ ރައްޔިތުންނަަށް 44 ޓަނުގެ ފިޔާ ބެހުމުގެ މަަސައްކަތް ފަށައިފި

Aishath Alaina
އައިޝަތު އަލައިނާ
May 26, 2024, 06:18 PM
ހުޅުމާލެ ފޭސް 2

"ދަ ކޮމޮނާސް" އިން ފޭސް 2 ގައި އުޅޭ ރައްޔިތުންނަަށް 44 ޓަނުގެ ފިޔާ ބެހުމުގެ މަަސައްކަތް ފަށައިފިއެވެ.

Advertisement

މި މަސައްކަތް ފަށާފައި ވަނީ އާދިއްތަދުވަހުވެ 09:00 ގައި އެވެ. އަދި 09:45 ވަނީ ހިޔާ ޓަވަރު އެޗް 4 ގައި ދިރިއުޅޭ ރައްޔިތުންނަށް ފިޔާ ބަހަން ފެށިފައިއެވެ.

ދަ ކޮމޮނާސް އިން ޗެނަލް 13 އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މަސައްކަތް ފެށުނުތާ އެއް ގަޑިއިރު ތެރޭ 800 މީހުންނަ ފިޔާ ބެހިފައި ވާކަމަށެވެ.

44 ޓަނުގެ ފިޔާ ބެހުމުގެ މަސައްކަތް އެ 44 ތަނު ހުސްވަންދެން ކުރިއަށް ދާނެ ކަމަށާއި ބަހަމުން އަންނަނީ ބޮލަކަށް 5 ކިލޯގެ ފިޔާ ކަމަށްވެސް ދަ ކޮމޮނާސްއިން ވަނީ ބުނެފައިއެވެ.

ކޮމޮނާސްއިން އިތުރަށް ބުނެފައި ވަނީ އެ ޖަމިއްޔާއިން ހިންގާ މިފަދަ ހަރަކާތްތަކަށް ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބޭަކަން ފާހަގަކޮށްފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved