March 10, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ރައީސް އޮފިސް

ރާއްޖެ ނެތި ދިއުމުން ސަލާމަތްކުރުމަށް ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ފައިސާގެ އެހީއަަށް އެދިއްޖެ

Aishath Naja
އައިޝަތު ނަޖާ
May 26, 2024, 07:55 PM
މާލެ ސިޓީ

ރާއްޖެ ނެތި ދިޔުމުން ސަލާމަތް ކުރުމަށް ވިދާޅުވެ، ބޭރު ދުނިޔޭގައި ފައިސާގެ އެހީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިއްޖެއެވެ.

Advertisement

އިނގިރޭސިވިލާތުގެ "ދަ ގާޑިއަން" އަށް ލިޔުއްވި އޮޕީނިއަންއެއްގައި ރައީސް ވިދާޅުވީ މާލެ އަކީ ނިއުޔޯކުގެ ސެންޓްރަލް ޕާކުގެ ގާތްގަނޑަކަށް ދެ ގުނަ ބޮޑު ސައިޒެއްގެ ސިޓީއެއް ކަމަށާއި އެއީ ދުނިޔޭގައި އެންމެ ބޮޑަށް މީހުން އާބާދުވެފައިވާ އެއް ވެރިރަށް ކަމަށެވެ.

އެހެންކަމުން ހުޅުމާލެ ހިއްކި އިރު ކަނޑުގެ ލޮނުގަނޑުން ދެ މީޓަރު އުސްކޮށް ކަމަށާއި ހުޅުމާލެ ތަރައްގީ ކޮށްފައި ވަނީ ވެސް މޫސުމަށް އަންނަ އެފަދަ ބަދަލުތަކުން ރައްކާތެރިވެވޭނެ ގިނަ ސިފަތަކަކާއެކު ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކުރިޔަށް އޮތް ތަނުގައި މޫސުމަށް އަންނާނެ ބަދަލުތަކާއި އެފަދަ ކަންކަމުން އަރައިގަތުމަށްޓަކައި ކުދި ގައުމުތަކުން ބަރޯސާ ވަނީ ބޭރުގެ ފަންޑިންނަށް ކަމަށް ކަން ބައިނަލްއަގުވާމީ މުޖްތަމައު އިން ވިސްނަން ޖެހޭ ކަމަށް ވިދާޅުވެ ފައިސާގެ އެހީއަށް ވަނީ އެދިވަޑައިގެންފައެވެ.

ސަރުކާރުގެ ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފައިވާ ފަރާތްތަކަށް މުސާރަ ދިނުމަށްފަހު ދައުލަތުގެ ބަޖެޓްގައި ފައިސާ ނެތުމުގެ ސަބަބުން ރައީސް މުއިއްޒު އަންނަނީ ބޭރުގެ ގައުމުތަކުގެ ކައިރިން ފައިސާގެ އެހީއަށް ސަލާން ޖަހަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved