
ޓޫރިޒަމް މިނިސްޓްރީގައި 29 ސިޔާސީ މުވައްޒަފުން އައްޔަންކުރައްވާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އޮންލައިން ނޫހަކުން އެ ވުޒާރާގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދުމަށް އެދުމުން އެ ވުޒާރާއިން ވަނީ އެ މައުލޫމާތު ހިއްސާކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ލިބޭ މުސާރަ:
މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 877,500 ރ. (އަށް ލައްކަ ހަތްދިހަ ހަތްހާސް ފަސް ސަތޭކަ ރުފިޔާ) ހޭދަވާނެކަން މި މައުލޫމާތުން އެނގެއެވެ.
އަހަރެއްގެ މައްޗަށް 10,530,000ރ. (ދިހަ މިލިއަން ފަސް ލައްކަ ތިރީސް ހާސް ރުފިޔާ) ހަރަދުވާނެއެވެ.
މި ސަރުކާރުގައި 700 އަށްވުރެ ސިޔާސީ މަގާމް ގިނަ ނުކުރާނެ ކަމަށް ރައީސް މުއިއްްޒު ވިދާޅުވިއިރު މިހާރުވެސް ސިޔާސީ މަގާމްތަކުގެ އަދަދު އުޅެނީ 3000 އަށް ވުރެ މަތީގައެވެ.










