March 12, 2026
Advertisement
ރައްޔިތުން މަޖިލީހުގެ ބޭރުގެ ފޮޓޯއެއް
ރައްޔިތުން މަޖިލީހުގެ ބޭރުގެ ފޮޓޯއެއް / ސަން އޮންލައިން

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވުން މާދަމާ!

Mariyam Isaadha
މަރިޔަމް އިސާދާ
May 27, 2024, 10:50 PM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރުން މާދަމާ އޮންނާނެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ރަސްމީކޮށް ހާމަކުރައްވައިފިއެވެ.

Advertisement

މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަން މަޖިލީހުގައި އޮންނަ ވަޓްސްއެޕް ގްރޫޕުގައި މަޖިލީހުގެ މީޑިޔާ ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ އައު މެމްބަރުން ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތު ފެށޭނީ މޭ 28 ވާ އަންގާރަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ކަމަށެވެ. އަދި ރަސްމިއްޔާތަށް މެންބަރުން މަޖިލީހަށް ވަޑައިގަންނަވާނީ 8:45 ގައި ކަމަށެވެ.

މީގެއިތުރުން އެ ރަސްމިއްޔާތަށްފަހު 20 ވަނަ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އިންތިޚާބު ކުރުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ ފެށޭނީ ހެނދުނު 10:15 ގައި ކަމަށާއި މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ދ. މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރެވެންދެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ޖަލްސާއަށް ހާޟިރުވެވަޑައިގެން ތިއްބަވާ މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރެވެ. އެގޮތުން ސިޔާމް ވަނީ މަޖިލީހުގައި މިހައިތަަނަށް 4 ދައުރު ފުރިހަމަކުރައްވާފައެވެ. އަދި ފަސްވަނަ ދައުރަކަށް ވަނީ އިންތިހާބުވެވަޑައިގެންފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ހިމެނިވަޑައިގަންނަވާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved