March 12, 2026
Advertisement
ނަދާ ހިދުމަތް ޖަމިއްޔާގެ ފަރާތްތަކާއެކު- ފޮޓޯ- ހިދުމަތް ޖަމިއްޔާ
ނަދާ ހިދުމަތް ޖަމިއްޔާގެ ފަރާތްތަކާއެކު- ފޮޓޯ- ހިދުމަތް ޖަމިއްޔާ / ސޯޝަލް މީޑިއާ

ދިވެހީންގެ އެހީގައި ފަލަސްތީނުގެ އަންހެން ކުއްޖަކު ރާއްޖެ ގެނެސްފި

Aishath Naja
އައިޝަތު ނަޖާ
May 28, 2024, 12:04 AM
މާލެ ސިޓީ

ދިވެހިންގެ އެހީގައި ފަލަސްތީނުގެ ކުއްޖަކު ރާއްޖެ ގެނެސްފިއެވެ.

Advertisement

ފަލަސްތީނުގެ އެ ކުއްޖާ ރާއްޖެ ގެނެސްފައިވާކަމަށް ބުނެފައިވަނީ "ހިދުމަތް" ނަމަކަށް ޖަމިއްޔާއިންނެވެ.

އެޖަމިއްޔާއިން ރާއްޖެ ގެނެސްފައިވަނީ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ އުމުރުން 17 އަހަރުގެ ނަދާ ނަމަކަށް ކިޔާ އަންހެންކުއްޖެކެވެ.

އެކުއްޖާ ދިރިއުޅެމުން ދިޔައީ ޣައްޒާގައި ކަމަށާއި އެތަނުގެ ކަންކަން ހުރި ގޮތުން ކުއްޖާ ޣައްޒާއިން ބޭރު ކުރަން ވެސް ވަރަށް ދަތިތައް ކުރިމަތިވި ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ނަދާ މިއަދު ރާއްޖެ ގެނެސްފައިވާއިރު އޭނާ މިހާރު އެދެމުން އަންނަނީ އޭނާގެ އާއިލާގެ ދެން ތިބި މީހުން ރާއްޖެ ގެނައުމަށެވެ.

ދާދިފަހުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އޭއައިސީ) އިން ވެސް ވަނީ ދިވެހިންގެ އެހީގައި ފަލަސްތީނުގައި ތިބި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ހަސަން އަލް ކުދުރީގެ އާއިލާ ވެސް މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖެ ގެނެސްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved