March 12, 2026
Advertisement
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވާ ކުރައްވައިފި
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވާ ކުރައްވައިފި / ސޯޝަލް މީޑިއާ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރައްވައިފި

Aminath Zara
އައިމިނަތު ޒާރާ
May 28, 2024, 04:44 PM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވާ މިއަދު ކުރައްވާފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މެންބަރުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާނެވެ. މެންބަރުންނަށް ހުވާ ލައިދިނުމުން އެ މެންބަރުން ވަނީ ހުވާގެ ލިޔުމުގައި ސޮއި ކުރައްވާފައެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރު ހުވާކުރައްވާފައިވާއިރު، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮވުމުގެ ޖަލްސާ މިއަދު 10:15 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދައުރުގެ މަޖިލިސް ރައީސް ކަމަށް ސަރުކާރުން ހަމަޖައްސާފައިވަނީ ލ.ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން (އަނދުރޭ) ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވިއިރު އެ މަޖިލީހަށް އިންތިހާބުވެވަޑައިގަތް 73 މެންބަރުންނަކީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެންބަރުންނެވެ. ރައްޔިތުންގެ މަޖިލީހަށް މިފަހަރު އިންތިހާބުވެފައިވާ މެންބަރުންގެ ތެރެއިން ގިނައީ އަލަށް މަޖިލީހަށް ހޮވިވަޑައިގަތް މެންބަރުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved