ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާ އިރު، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ރީނދޫ އެލާޓު ނެރެފިއެވެ.
މެޓު އޮފީހުން ނެރެފައިވާ ރީނދޫ އެލާޓުގައި ބުނެފައި ވަނީ، ިއަދު މެންދުރު 12:30 ހުން ހަވީރު 16:30 އަށް މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށާއި، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެ އިދާރާއިން އަންނަނީ އިލްތިމާސް ކުރަމުންނެވެ.