March 10, 2026
Advertisement
ރައީސް މުއިއްޒު އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ ނައިބު ރައީސް އެމްބަރައޮސް ފަޔޮލް
ރައީސް މުއިއްޒު އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ ނައިބު ރައީސް އެމްބަރައޮސް ފަޔޮލް / ރައީސް އޮފިސް

މޫސުމީ ބަދަލުތަކާ ގުޅޭ މަޝްރޫއުތަކަށް މާލީ އެހީ ބޭނުންކަމަށް ވިދާޅުވެ،ރައީސް މުއިއްޒު ސަލާން ޖަހައިފި

Aishath Naja
އައިޝަތު ނަޖާ
May 28, 2024, 08:13 PM
މާލެ ސިޓީ

މޫސުމީ ބަދަލުތަކާ ގުޅޭ މަޝްރޫއުތަކަށް މާލީ އެހީ ބޭނުންކަމަށް ވިދާޅުވެ،ރައީސް މުއިއްޒު ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ ނައިބު ރައީސް އެމްބަރައޮސް ފަޔޮލް ގެ އަރިހުން ސަލާން ޖަހައިފިއެވެ.

Advertisement

ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުން ކުރިއަށް ދިޔައީ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ ފަރާތުން ކަނޑުތޮށިލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ފެނުގެ ނިޒާމު ގާއިމުކުރުމާއި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ފަދަ މޫސުމީ ބަދަލުތަކުން ދަފަރާވުމަށް އިސްކަންދޭ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާމެދު އެހީއަށް އެދިފައެވެ.

ކްލައިމެޓް ޗޭންޖަކީ ހަގީގަތެއް ނޫންކަމަށް އިންތިޚާބީ ރައީސް ގެ ގޮތުގައި ހުންނަވާ ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަހުން އެމަނިކުފާނު ވަނީ "ދަ ގާޑިއަން" ގައި ޝާއިއު ކުރި އާޓިކަލްގައި ރާއްޖެ ނެތިދާނެ ކަމުގެ ބިރު އެބައޮތްކަމަށް ވިދާޅުވެ އެމަނިކުފާނުގެ ރާގު ބަދަލުކޮށްފައެވެ.

ބޭރުގެ ގައުމުތަކުން މާލީ އެހީތެރިކަމަށް އެދެމުން ދާތީ އެއީ އެމަނިކުފާނު އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ހޯދަމުންދާ ފައިސާ ކަމަށް ގިނަ ސިޔާސީ ފަރާތްތަކުން ގަބޫލުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved