March 19, 2026
Advertisement
ރިޔާސަތުގައި މަޖިލީހުގެ ރައީސް އަދުރޭ
ރިޔާސަތުގައި މަޖިލީހުގެ ރައީސް އަދުރޭ / މަޖިލިސް

މިއަދުން ފެށިގެން ދައުލަތުގެ 3 ބާރު ވަކިވެފައި ނޯންނާނެކަމަށް އަދުރޭ އިއުލާންކޮށްފި

Aishath Naja
އައިޝަތު ނަޖާ
May 28, 2024, 08:31 PM
މާލެ ސިޓީ

މިއަދުން ފެށިގެން ދައުލަތުގެ 3 ބާރު ވަކިވެފައި ނޯންނާނެކަމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އިއުލާންކޮށްފިއެވެ.

Advertisement

އަދުރޭ މިފަދައިން ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ދެއްވި އެންމެ ފުރަތަމަ ބަޔާނުގައެވެ.

އެގޮތުން އަދުރޭ ވިދާޅުވީ މި މަޖިލިސް ވެގެންދާނީ ރައީސް މުއިއްޒުގެ މަސައްކަތްޕުޅާއި ފިޔަވަޅު ހަމަކޮށް ހިނގާނެ، ހިނގަންވާނެ މަޖިލީހަކަށެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައިވާއިރު ދޭހަވެގެންދަނީ ތިިން ބާރު ވަކިވެފައިވާ ގައުމެއްގައި މިއަދުން ފެށިގެން އެ 3 ބާރު ދެން ވަކިވެފައި ނޯންނާނެކަމެވެ.

އެ ތިން ބާރު ތެރޭގައި ހިމެނެނީ ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ދާއިރާއެވެ.

އަދުރޭ ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުން ސަރުކާރާ ފިޔަވަޅު ހަމަކޮށް ހިނގާނެކަމަށާއި ހިނގަންވާނެ ކަމަށެވެ. މާނައަކީ ނުހިނގައިފި ކަމުގައި ވާނަމަ އޭގެ ގެއްލުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންދާނެކަމެވެ.

އަދުރޭ މިފަދައިން ރިޔާސަތުގައި އިންނަވާ އިއުލާން ކުރެއްވުމުން ދޭހަވެގެން ދަނީ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެެއްގައި،މުޅި ދައުލަތް އެއް ކާމޭޒެއްގެ މަތިން ހިންގަން ބޭނުންވާކަމެވެ. އެހެން ކަމުން ގިނަ ބަޔަކު އަންނަނީ އަދުރޭ އަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައު
އަބުދުﷲ
May 28, 2024, 10:53 PM
ދައްކަވަން ހުރި ތަނެއް ދައްކަވާނެ
Maleeh
May 28, 2024, 08:45 PM
Konbayeh
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved