March 20, 2026
Advertisement
ޑރ. އަބްދުﷲ ޕީއެންއެފް ޖަލްސާގައި.
ޑރ. އަބްދުﷲ ޕީއެންއެފް ޖަލްސާގައި. / ތޭރަ އޮންލައިން

މަޖިލީހުން ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ވިއްކާލި ކަނޑު ހޯދުމުގެ ވާހަކައެއްް ނެތް: ޑރ އަބްދުﷲ

Aishath Naja
އައިޝަތު ނަޖާ
May 28, 2024, 09:22 PM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަންކަމުގެ ލިސްޓް ރިޔާސަތުން އިއްވާ ނިންމެވިއިރު، އެ ލިސްޓްގައި ވިއްކާލި ކަނޑު އަނބުރާ ހޯދުމުގެ ވާހަކަ އެއްވެސް ވަރަކަށް ފާހަގަކުރައްވާފައި ނުވާތީވެ، ޕީއެންއެފްގެ ސެނެޓާރ ޑރ އަބްދުﷲ އިބްރާހިމް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޑރ އަބްދުﷲ ވަނީ އެކްސް ހޭންޑަލްގައި ޕޯސްޓެެއް ކުރައްވާ މަޖިލީހުން ކުރަން ނިންމަވާފައިވާ ލިސްޓްގައި ނިމިދިޔަ އިބްރާހިމް މުހައްމަދު ޞާލިހްގެ ސިއްރު ސިޓީފުޅަކުން މޮރީޝަސް އަށް ވިއްކާލާފައިވާ ކަނޑު އަނބުރާ ހޯދުމުގެ ވާހަކަ ފާހަގަކޮށްފައިނުވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ޑރ އަބްދުﷲ ވިދާޅުވީ މަޖިލީހުން ކުރަންޖެހޭ ކަންކަން މަޖިލީހުގެ ރައީސް އަދުރޭ ރިޔާސަތުގައި އިންނަވާ، އިއްވާ ނިންމެވި އިރު، އެ ލިސްޓްގައި ވިއްކާލި ކަނޑުގެ އެއްވެސް ވާހަކައެއް ނެތްކަމަށެވެ. މިއީ ދެރަވަރުގެ ކަމެއްގެ ގޮތުގައި ވެސް ޑރ އަބްދުﷲ ވަނީ ސިފަކުރައްވާފައެވެ.

އޭގެއިތުރުން ރައްޔިތުން ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވާފައި އެވަނީ ކެމްޕެއިން ދުވަސްވަރު ރައްޔިތުންނަށް ވިއްކާލި ކަނޑު އަނބުރާ ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް ވެސް ޑރ އަބްދުﷲ ގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ވެރިކަމަށް އައުމަށްފަހު އެކުލަވާލި ފުރަތަމަ 14 ހަފްތާގެ ވައުދުފޮތުގައި ވެސް " ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަރނޭޝަނަލް ޓްރައިބުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ކޮށްފައިވާ ޙުކުމް އިސްތިޢުނާފުކުރުން" ވަނީ ހިމަނުވާފައެވެ.

14 ހަފްތާ ނިމި، ވެރިކަމަށް 6 މަސްވެގެން ދިޔައިރުވެސް ސަރުކާރަށް ކަނޑު އަނބުރާ ހޯދައިދެވިފައި ނުވިތާ އެ މަސައްކަތުގެ އަދާހަމަ ވެސް ދެވިފައިނުވެއެވެ.

ވިއްކާލި ކަނޑު އަނބުރާ ހޯދުމަށްޓަކައި އިދިކޮޅުގައި އޮވެ އެންމެ ބޮޑަށް ވަކާލާތު ކުރި ފަރާތްތަކުން މިއަދު ސަރުކާރުގެ އިސްފަޑީގައި ހުންނަވާ އެއްވެސް މަސައްކަތެއް ނުކުރައްވާތީ ގިނަ ބަޔަކު އަންނަނީ އެ ފަރާތްތަކަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved