March 12, 2026
Advertisement
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ / ސޯޝަލް މީޑިއާ

ރަހީނު ކުރުމުގެ މައްސަލަތައް އިތުރުވަނީ، ގޮތް ނޭނގޭ މީހުން އެދިގެން ތަންތަނަށް ނުދޭ: ފުލުހުން

Mariyam Isaadha
މަރިޔަމް އިސާދާ
May 29, 2024, 12:36 AM
މާލެ ސިޓީ

ދިވެހިރާއްޖޭގައި ރަހީނުކުރުމުގެ މައްސަލަތއް އިތުރުވަމުންދާތީ ގޮތް ނޭނގޭ މީހުން އެދިގެން ތަންތަނަސް ނުދިއުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

Advertisement

ފުލުހުންގެ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރުގެ ފަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރަހީނު ކުރުމުގެ 27 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި މިއަހަރުގެ މިހާތަނަށް ވައްކަމުގެ 2952 މައްސަލައެއް ހުށަހަޅާފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ.

އެގޮތުން ޖަނަވަރީ މަހު 668 މައްސަލަ، ފެބުރުއަރީ މަހު 607 މައްސަލަ، މާޗު މަހު 701 މައްސަލަ، އޭޕްރީލް މަހު 620 މައްސަލައިގެ އިތުރުން މެއި މަހުގެ 16 ވަނަ ދުވަހާއި ހަމައަށް 356 މައްސަލަ ވައްކަން ކޮށްގެން ހުށަހަޅާފައިވެއެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ހުށަހެޅިފައިވާ ވައްކަމުގެ މައްސަލަތަކުގެ ޖުމްލަ އަދަދަކީ 2952 އެވެ.

މާރާމާރީގެ ކޭސްތަކަށް ބަލާއިރު ޑިސެމްބަރު މަހު 155 މައްސަލަ ރިޕޯޓްކޮށްފައިވާއިރު މި މަހުގެ 16 ވަނަ ދުވަހަށް ރިޕޯޓްކޮށްފައިވަނީ 62 މައްސަލައެވެ.

ފޭރުމުގެ 117 މައްސަލައެއް ޑިސެމްބަރު މަހު ރިޕޯޓްކޮށްފައިވާއިރު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރިޕޯޓްކޮށްފައިވަނީ 38 މައްސަލައެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved