April 23, 2026
Advertisement
މޫސުން ގޯސްވެ ކަނޑުގަދަ ވެފައި
މޫސުން ގޯސްވެ ކަނޑުގަދަ ވެފައި / ސޯޝަލް މީޑިއާ

މިއަދުވެސް މުޅި ރާއްޖެއަށް ރީނދޫ ސަމާލު!

Aishath Alaina
އައިޝަތު އަލައިނާ
May 29, 2024, 06:15 PM
މާލެ ސިޓީ

މޫސުން ގޯސްވެ މުޅި ރާއްޖެއަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ރީނދޫ ސަމާލު ނެރެފިއެވެ.

Advertisement

އެ އިދާރާއިން ވަނީ މިއަދު ހެނދުނު 10:30 ހުން ފެށިގެން މެންދުރު 14:30 ގެ ނިޔަލަށް މުޅި ރާއްޖެއަށް ރީނދޫ ސަމާލު ނެރެެފައިއެވެ.

މި ވަގުތުތަކުގައި އެތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށާއި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓުން ބުންޏެވެ.

މޫސުން ގޯސްވެފައި ވާ ދުވަސްކޮޅެއްކަމުން ހުރިހާ ރައްޔިތުންވެސް ދިމާވެދާނެ ހާދިސާއަކުން ސަލާމަތްވުމަށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް މެޓުންނާއި އެހެނިހެން ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ފެންބޮޑުވުން ފަދަ ހާދިސާއަކުން ދިމާވެދާނެ ގެއްލުންތަކުން ރައްކާތެރިވުމަށްވެސް މެޓުންނާއި ނޭޝަނަލް ޑިސާޒްޓާ މެނޭޖުމަންޓު އޮތޯރިޓީއިން އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved