March 20, 2026
Advertisement
ދަތުރަކަށްފަހު ދަތުރެއް، ގައުމު ކުރިއަރުވަން އެއްވެސް އިންވެސްޓްމަންޓް އެއް ނުލިބޭ: މަލީހް ޖަމާލް
ދަތުރަކަށްފަހު ދަތުރެއް، ގައުމު ކުރިއަރުވަން އެއްވެސް އިންވެސްޓްމަންޓް އެއް ނުލިބޭ: މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ޕީއެންސީގެ ނިމުން އޮތީ މަޖިލީސް ތެރެއިން: މަލީހު

Aishath Alaina
އައިޝަތު އަލައިނާ
May 29, 2024, 06:34 PM
މާލެ ސިޓީ

ޕީއެންސީގެ ނިމުން އޮތީ މަޖިލީސް ތެރެއިންކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

އިސްރާއީލާއި ފަލަސްތިނުގެ މައްސަލައަކީ އެ ދެގައުމުގެ ދެމެދު ހިނގާކަމެއް ކަމަށާއި އެއީ ދިވެހިންނާއި ގުޅުން އޮތް ކަމެއް ނޫން ކަމަށް ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވަނީ ވިދާޅުވެފައިއެވެ.

މިކަމާއި މެދު ފާޑުކިޔުއްވާ މަލީހު ވިދާޅުވީ، އެމްޕީ ޝުޖާއަށް ޕީޖީ ލީޑަރުކަން ނުދީ 5 އަހަރު ވަންދެން އެ ޕާޓީއަށް އެއްވެސް ޚިދުމަތެއް ނުކުރައްވާ ފަލާހަށް ޕީޖީ ލީޑަރުކަން ދިނުމަކީ ބުރަ މަސައްކަތްކުރެއްވި ޝުޖާ ފަދަ ބޭފުޅުންގެ މޫނުގަ ޖެހި ތަފާލެއް ކަމަށެވެ.

މިފަދަ އަމަލު ތަކުގެ ސަބަބުން ޕީއެންސީގެ ނިމުން އަންނާނީ މަޖިލީހުގެ ތަޅުމުގެ ތެރެއިން ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައިއެވެ.

އިތުރަށް މަލީހު ވިދާޅުވީ މަޖިލީހުގެ ރައިސް އަބްދުއްރަހީމް އަބްދުﷲ ފައިސާއަށް ނުވިކޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީއޮތް ވެރިކަން ކުރާ ޕާޓީގެ ބައެއް މެމްބަރުން އިއްޔެ މަޖިލީހުގެ ރައިސް ކަމަށް ވޯޓު ލެއްވި އިރު އަބްދުއްރަހީމަށް ވޯޓު ނުދޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved