May 2, 2026
Advertisement
ޕީއެންސީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޕީއެންސީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން / -

އައު މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހަފްތާގައި!

Aishath Naja
އައިޝަތު ނަޖާ
May 29, 2024, 11:37 PM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ ހޯމަ ދުވަހު އޮންނާނެ ކަމަށް އަންގާރަ ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

Advertisement

ނާޒިމް ވިދާޅުވީ، މަޖިލީސް ހިންގާނެ އުސޫލުތަކާއި ގަވައިދުތައް ކަނޑައަޅަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އާ މަޖިލީހުން އެ ގަވައިދުތައް ކަނޑައަޅައި ނިމެންދެން މަޖިލީހުގެ މަސައްކަތް ހުއްޓާލާފައި ނުބޭއްވޭނެ ކަމަށެވެ.

މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމާ ގުޅޭ ނިންމުންތައް ވެސް އަންގާރަ ދުވަހުގެ ޖަލްސާގައި ވަނީ ނިންމާފަ އެވެ.

އެގޮތުން، ނިންމާފައި ވަނީ ގާނޫނުއަސާސީގެ 241 ކޮމިޓީ ނުވަތަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ ފިޔަވާ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާާ މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ މެމްބަރުންގެ އަދަދަކީ 11 އެވެ އަދި 241 ކޮމިޓީގައި 13 މެމްބަރުންނެވެ.

އަންނަ މަހުގެ 2 ގެ ނިޔަލަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުން، މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް ހަމަޖެއްސުމަށް ބޭނުންވާ މެމްބަރުންގެ ނަންތައް މަޖިލީހުގެ އިދާރާއަށް ފޮނުވުމަށް ވެސް ވަނީ ނިންމާފައެވެ.

އަންގާރަ ދުވަހު ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved