March 19, 2026
Advertisement
ޗީފު ސްޕޯކްސް ޕާސަން ހީނާ ވަލީދު
ޗީފު ސްޕޯކްސް ޕާސަން ހީނާ ވަލީދު / ރައީސް އޮފިސް

އިޒްރޭލް ޕާސްޕޯޓް ބޭން ނުކުރާ ސަބަބު އަދިވެސް ބުނެ ނުދެވޭ

Aishath Naja
އައިޝަތު ނަޖާ
May 30, 2024, 05:55 PM
މާލެ ސިޓީ

އިޒްރޭލް ޕާސްޕޯޓް ރާއްޖޭން ބޭން ނުކުރާ ސަބަބު އަދިވެސް ސަރުކާރަށް ބުނެ ނުދެވޭކަން ހާމަވެއްޖެއެވެ.

Advertisement

ބުދަ ދުވަހު ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އިޒްރޭލް ޕާސްޕޯޓް ގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރަން ގޮވައިލާ ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކުރި ނަަމަވެސް، ސަރުކާރުން އެ ފިޔަވަޅު ނާޅާ ސަބަބު ހާމަކޮށްދިނުމަށް އެދިފައެވެ.

ސަބަބަކީ މީގެ ކުރިންވެސް ނޫސްވެރިން އެ ސުވާލު ތަކުރާރުކޮސް ކުރިނަމަވެސް އެދެވޭ ޖަވާބެއް ސަރުކާރަށް ނުދެވޭތީއެވެ.

ކުރިއެކޭ ވެސް އެއްފަދައިން އެ ސުވާލަށް ސަރުކާރުގެ ފަރާތުން ހީނާ އަށް ވަނީ ޖަވާބު ދޭން އުނދަގޫވެފައެވެ. އެކަށީގެންވާ ޖަވާބެއް ދިނުމުގެ ބަދަލުގައި ހީނާ ވަނީ އެހެން ވާހަކަތަކެއް ދައްކަވާފައެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހިން އަބަދުވެސް ތިބޭކަމަށް ހީނާ ވިދާޅުވިއިރު ފަލަސްތީނުގެ ހައްގުގައި ސަރުކާރަށް އިޒްރޭލްގެ ޕާސްޕޯޓް ބޭން ނުކުރެވޭ ސަބަބު ބޭއްވުނު އެއްވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެދެވިފައިނުވެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހުވާ ކުރެއްވުމަށްފަހު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ނޫސްވެރިއަކު ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން މި މަޖިލީހުން އައު ގަރާރެއް ނުވަތަ ބިލެއް ހުށަހަޅާނެ ތޯ ނުވަތަ ނޫންތޯ ސުވާލުކޮށްފައެވެ.

ޖަވާބު ދެއްވަމުން ފަލާހު ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓުގެ މައްސަލައިގެ އެއްވެސް މައުލޫމާތެއް އޭނާއަށް އެނގިފައިނުވާ ކަމަށާ އެހެންކަމުން އެ ސުވާލަށް ޖަވާބު ދެވެން ނެތް ކަމަށެވެ.

ފަލާހްގެ މި ޖަވާބާއެކު ގިނަ ބަޔަކު އަންނަނީ ފަލާހަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved