March 13, 2026
Advertisement
..
.. / ރައީސް އޮފިސް

އަންހެން ކާޑު ކުޅެން އުޅެގެން ހީނާއަށް ބަވާ ކުޑަކޮށްފި

Yana Shareef
ޔާނާ ޝަރީފް
Nov 17, 2025, 12:18 AM

ޕީއެންސީ ޖަލްސާގައި އަންހެން ކާޑު ކުޅެން އުޅެގެން ރައީސް މުހައްމަދު މުއިއްޒުގެ ތަރުޖަމާނު ހީނާ ވަލީދަށް މީހުން ބަވަން ފަށައިފިއެވެ.

Advertisement

މީސްމީޑިއާގައި ގިނަ ބަޔަކު އަންނަނީ ހީނާ އަންހެން ކާޑު ކުޅުމުން ފާޑުކިޔުން އަމާޒުކުރަމުންނެވެ. އެގޮތުން އަންހެނަކަށް ވީތީ މީހުން ހީނާ ބަލިކަށި ކުރުމަށް މަސައްކަތް ކުރާކަމުގެ ވާހަކަ އޭނާ ދެެއްކުމުން ގިނަ ބަޔަކު ވަނީ އެއީ ގޯސްކަމެއްކަމަށް ބުނެފައެވެ. އެހެންނަމަވެސް ވަކި ހީނާ ކޮށްފައި ހުރީ ރަނގަޅުކަންކަމެއް ނޫންކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އެގޮތުން އެންސްޕާއަށް އޮފީސް އިމާރާތެއް ހޯދަން ގެޒެޓުގައި ކުރި ދެ އިއުލާނުގައި ތަޖުރިބާ ވަޒަންކުރުން ހިމަނާފައި ވިޔަސް، ޓެންޑަ ބޯޑު މެދުވެރިކޮށް ހުޅުވާލި ބީލަމުގައި ތަޖުރިބާގެ ގޮޅި ނެތެވެ.

މިކަން ކުރީ ފިނޭންސުންކަމަށް ބުނެ ހީނާ ޖަލްސާގައި ވާހަކަ ދެއްކިއިރު ވާހަކަ ދެއްކީ ގަނޑަކަށް ބަލައިގެން ހުރެއެވެ. މޯލްޑިވްސް މީޑިއާ ހައުސްގެ ދަށުން (އެމްއެމްޓީވީ) ހިންގަން ފެށީ އެންސްޕާ އޮފީސް ހިންގުމަށް ދައުލަތުގެ ރުފިޔާއިން ކުލި ދައްކާ މއ.ސީރާޒީގޭގެއެވެ.

އެހެންނަމަވެސް ހީނާ ވަނީ އެ ވާހަކަ ދޮގު ކުރައްވާ އޭނާ އަކީ އަންހެނެއް ވީމާ އޭނާގެ އަބުރުކަތިލުމަށާއި އޭނާ ބަލިކަށި ކުރުމަށް އިދިކޮޅުން މަސައްކަތް ކުރަނީ ކަމަށްބުނެ ޖަލްސާގައި ޑްރާމާ ކުޅިފައެވެ.

ހީނާގެ ސިފައަށާއި އޭނާއަަށް ޖެހިފައިވާ ބައްޔަށް ބަޔަކު ހަޖޫ ޖެހިކަމުގެ ތުހުމަތު ކުރާއިރު އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved