March 13, 2026
Advertisement
ތަރުޖަމާނު ހީނާ ވަލީދު
ތަރުޖަމާނު ހީނާ ވަލީދު / ރައީސް އޮފިސް

ރައީސް ބާއްވާ ބައްދަލުވުންތަކުގައި ކުރިޔާލާ ސުވާލު ފޮނުވަން ނުޖެހޭކަމަށް ބުނެ ހިނާ ދޮގު ހައްދަވައިފި

Yana Shareef
ޔާނާ ޝަރީފް
Nov 28, 2025, 05:41 PM

ރައްޔިތުންނާ އެކު ރައީސް މުހައްމަދު މުއިއްޒު ބާއްވާ ބައްދަލުވުންތަކަށް ކުރިޔާލާ ސުވާލު ފޮނުވަން ނުޖެހޭކަމަށް ވިދާޅުވެ އެމަނިކުފާނުގެ ތަރުޖަމާނު ހީނާ ވަލީދު ދޮގު ހަދައިފިއެވެ.

Advertisement

ރައީސް މުއިއްޒު ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ބާއްވާ ބައްދަލުވުންތަކަށް ވަޑައިގަންނަވަނީ ކުރިޔާލާ އެ ބައްދަލުވުންތަކުގައި ރައްޔިތުން ކުރާނެ ސުވާލުތަށް އެ ދާއިރާގެ މެމްބަރުން ލައްވާ ހޯދައިގެންނެވެ.

މިކަން ރައްޔިތުން ފަޅައަރުވާލުމާއެކު ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ދޮގެއްކަމަށެެވެ. ރައީސް މުއިއްޒު ކުރިޔާލާ ސުވާލު ނުހޯއްދަވާކަމަށް ވިދާޅުވެ ހީނާ ވަނީ ދޮގު ފޮރުވުމަށް މަސައްކަތް ކުރައްވާފައެވެ.

އެހެންނަމަވެސް އިތުބާރުހުރި ފަރާތްތަކުން "ތޭރައޮންލައިން" އަށް މައުލޫމާތު ދެމުން ބުނީ ހީނާ ހެއްދެވީ ބުހުތާނު ދޮގެއްކަމަށެވެ. ދާދިފަހުން މާލޭގެ މައްޗަންގޮޅި ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވެސް އެމަނިކުފާނު ކަންތައް ކުރެއްވީ އެފަދައިންކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ނަމަވެސް ދެތިން ފަރާތަކުން ވަނީ ފުރުސަތު ހޯއްދަވައި ރައީސް މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވެ ސުވާލުތަކެއް އަމާޒުކުރައްވާފައެވެ.

ރައްޔިތުން ކުރާ ސުވާލުތަކަށް ރައީސް މުއިއްޒުގެ އެއްްވެސް ޖަވާބެއް ނޯންނަކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved