March 13, 2026
Advertisement
ހީނާ ވަލީދުގެ ބައްޕާފުޅު ހަސަން ވަލީދު
ހީނާ ވަލީދުގެ ބައްޕާފުޅު ހަސަން ވަލީދު / ވަގުތު.އެމްވީ

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާގެ ބައްޕާފުޅު ހަސަން ވަލީދު ނިޔާވެއްޖެ

Hussain Nawaf
ހުސައިން ނަވާފް
May 31, 2025, 10:10 PM

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދުގެ ބައްޕާފުޅު ހަސަން ވަލީދު ނިޔާވެއްޖެއެވެ.

Advertisement

ހީނާގެ ބައްޕަ އަވަހާރަވީ މިއަދު މެންދުރުގެ ވަގުތެއްގައި އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އަވަހާރަވިއިރު އުމުރުން 70 އަށް ވުރެ މަތިވާނެއެވެ.

ހަސަންބެއަކީ އައްޑޫ ސިޓީގެ ހިތަދޫއަށް އުފަން ބޭފުޅެކެވެ. އެއީ ދީނަށް ލޯބި ކުރައްވާ ހިތަދޫގެ ފަޒާ މިސްކިތުގެ އިމާމުކަން ވަރަށް ގިނަ ދުވަސްވަންދެން ކުރެއްވި ބޭފުޅެކެވެ.

އަދި ހިލޭ ގުރުއާން އުނގަންނައިދިން ބޭފުޅެކެވެ.

ހަސަންބެ އަވަހާރަވުމާ ގުޅިގެން ގިނަ ބަޔަކުދަނީ ސޯޝަލް މީޑިއާގައި އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

އެ ޕޯސްޓުތަކުގައި ބުނެފައިވަނީ އެއީ މިސްކިތުގެ އަހުލުވެރިއެއް ކަމަށާއި އެއީ އެހެން މީސްތަކުންނަށް ހިތްހެޔޮ ކަމާއެކު އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅަކަށް ވީ އިރު އެއީ ވަރަށް ދީލަތި ބޭފުޅެއް ކަމަށް އެ ޕޯސްޓުތަކުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved