March 19, 2026
Advertisement
އިންޑިޔާގެ މަސްބޯޓް
އިންޑިޔާގެ މަސްބޯޓް / އެމްއެންޑީއެފް

އިންޑިޔާ މަސްބޯޓު ޖޫރިމަނާ މައާފްކުރި ސަބަބުވެސް ހީނާއަށް ބުނެ ނުދެވުނު!

Aishath Naja
އައިޝަތު ނަޖާ
May 30, 2024, 06:24 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރި އިންޑިއާގެ މަސް ބޯޓަކަށް ކުރި ޖޫރިމަނާ މައާފްކޮށްދިން ސަބަބު ސަރުކާރަށް ބުނެނުދެވުނުކަން ހާމަވެއްޖެއެވެ.

Advertisement

"ހޮލީ ސްޕިރިޓް" ނަމަަކަށް ކިޔާ އިންޑިޔާގެ އެ މަސް ބޯޓު އޮޕަރޭޓު ކުރި އެންތަނީ ޖަޔަބަލަން، މިނިސްޓްރީ އޮފް ފިޝަރީޒް އިން ވަނީ 4.2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

މަސް ބޯޓުގެ ޖޫރިމަނާ މައާފު ކުރީ ކީއްވެތޯ އެހުމުން ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކަމަށް އެއްވެސް ޖަވާބެއް ދެއްވާފައިނުވެއެވެ.

އިންޑިއާގެ މަސް ބޯޓު ކޯސްޓު ގާޑުން އަތުލައިފައިވަނީ މިދިޔަ އަަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

އަދި އެ ބޯޓު 4.2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ އޮކްޓޯބަރު 28 ވަނަ ދުވަހުއެވެ.

އެ ބޯޓަށް މައާފުކުރުމަކީ ގާނޫނީ ގޮތުން ރައީސް އޮފީހަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ގިނަ ފަރާތްތަކުން ބުނި ނަމަވެސް ރައީސް އޮފީހުން ވަނީ އެ ބޯޓަށް މައާފްދީ ފުރުވާލާފައެވެ.

ގިނަ ފަރާތްތަކުން ގަބޫލު ކުރާގޮތުގައި ސަރުކާެރުން އެކަން ކޮށްފައިވަނީ އިންޑިޔާގެ ފިއްތުންތައް ބޮޑުވެގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved