މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
އެ އިދާރާއިން ވަނީ މިއަދު ހެނދުނު 11:00 އުން ފެށިގެން ހަވީރު 17:00 ގެ ނިޔަލަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެެފައިއެވެ.
މި ވަގުތުތަކުގައި އެތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށާއި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓުން ބުންޏެވެ.
މޫސުން ގޯސްވެފައި ވާ ދުވަސްކޮޅެއްކަމުން ހުރިހާ ރައްޔިތުންވެސް ދިމާވެދާނެ ހާދިސާއަކުން ސަލާމަތްވުމަށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް މެޓުންނާއި އެހެނިހެން ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
ފެންބޮޑުވުން ފަދަ ހާދިސާއަކުން ދިމާވެދާނެ ގެއްލުންތަކުން ރައްކާތެރިވުމަށްވެސް މެޓުންނާއި ނޭޝަނަލް ޑިސާޒްޓާ މެނޭޖުމަންޓު އޮތޯރިޓީއިން އަންނަނީ ގޮވާލަމުންނެވެ.