March 12, 2026
Advertisement
ސިނަމާލެ ބުރިޖު
ސިނަމާލެ ބުރިޖު / ސޯޝަލް މީޑިއާ

އޮޔާ ދަނިކޮށް މޫދުން ނެގީ ނޭޕާލު އަންހެނެއް: ފުލުހުން

Mariyam Isaadha
މަރިޔަމް އިސާދާ
May 31, 2024, 12:05 AM
މާލެ ސިޓީ

ސިނަމާލެ ބުރިޖާ ދިމާލުން ކަނޑުމަތިން އޮޔާދަނިކޮށް މިދިޔަ ހޮނިހިރު ދުވަހު މަރުވެފައި އޮއްވާ ފެނުނީ ނޭޕާލުގެ 25 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Advertisement

ހޮނިހިރު ދުވަހުގެ މެންދުރު 12:30 ހާ ކަން އިރު މީހެއްގެ ހަށިގަނޑު ސިނަމާލެ ބުރިޖާ ދިމާލުން އޮޔާ ދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ފުލުހުންގެ ޓީމަކުން ގޮސް އެ ހަށިގަނޑު ނަގައިގެން އައިޖިއެމްއެަޗަށް ގެންދިޔަ ކަމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ނަމަވެސް އެ ހަށީގަނޑު އައިޖީއެމްއެޗަށް ގެންދިޔައިރުވެސް އެމީހާ އޮތީ މަރުވެފައި ކަމަށާ އެއީ އަންހެނެއް ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ހާމަކުރި އަދާހަމައިގައި ފުލުހުން ބުނެފައިވަނީ އެ މީހާއަކީ ނޭޕާލު އަންހެނެއް ކަމަށެވެ. އެ މީހާގެ މަރާ ގުޅިގެން ޝައްކު ކުރެވޭ އެއްވެސް ކަމެއް މިހާތަނަށް ފުލުހަށް ފާހަގަވެފައި ނުވާ ކަމަށާ އަދި މިހާރު އެ މީހާގެ އާއިޅާއާ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved