March 23, 2026
Advertisement
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު / ސޯޝަލް މީޑިއާ

މި ސަރުކާރުން އެފްޓީއޭއެއް ހުށަހެޅި ވާހަކަ އިންޑިއާއިން ދޮގުކޮށްފި

Aishath Alaina
އައިޝަތު އަލައިނާ
May 31, 2024, 04:19 PM
މާލެ ސިޓީ

މި ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހުށަހެޅި ވާހަކަ އިންޑިއާއިން ދޮގުކޮށްފިއެވެ.

Advertisement

ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ރާއްޖެއާއި އިންޑިއާއާއި ދެމެދު މިނިވަން ވިޔަފާރީގެ އެގްރީމެންޓެއް ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އެއް ހަދަން ހުށަހަޅާފައިވާ ވާހަކަފުޅުދައްކަވާފައިއެވެ.

ނަަމަވެސް ނިމިދިޔަ ބުރާސްފަތި ދުވަހު އިންޑިއާއިން ވަނީ މިނިސްޓަރުގެ ވާހަކަފުޅު ދޮގުކޮށްފައިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާން ރަންދިރް ޖައިސްވާލް ވަނީ އެފަދަ ވާހަކަތަކެއް ހިމެނޭ ރިޕޯޓުތަކެއް ފެނިފައިވާ ކަމަށް ވިދާޅުވެ އެ ރިޕޯޓުތައް ދޮގުކުރައްވާފައިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާން އިތުރަށް ވިދާޅުވީ މިފަދަ ރިޕޯޓުތަކެއް ފެންނަމުން އައި ކަމުގައި ވީނަމަވެސް މިއީ ދޮގު ރިޕޯޓުތަކެއް ކަމަށާއި ރާއްޖެއިން މިފަދަ އެއްބަސްވުމެއް ގާއިމު ކުރަން ބޭނުންވާ ނަމަ އެ ގައުމުން އެކަން ބައްލަވާނެ ކަމުގެ ފުރިހަމަކަންވެސް ވަނީ ދެއްވާފައިއެވެ.

އިންޑިއާއިން އިސްވެ މި އެއްބަސްވުން ގާއިމުކުރުމަށް އެދިފައިވާކަމަށް ވިދާޅުވެ މިނިސްޓާރ ސައީދު ވަނީ އިތުރުފުޅުހައްދަވާފައިކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved