March 12, 2026
Advertisement
ޝެއިހްގެ ޕޯސްޓް
ޝެއިހްގެ ޕޯސްޓް / ސޯޝަލް މީޑިއާ

އިޒްރޭލުގެ ޕާސްޕޯޓް ބޭން ނުކުރަން އެކިކަހަލަ ބަހަނާތައް ދައްކަނީ ސަރުކާރުގެ ފިނޑިކަމުން: ޝެއިޚް ރާފިޢު

Aminath Zara
އައިމިނަތު ޒާރާ
May 31, 2024, 07:35 PM
މާލެ ސިޓީ

­ޒައިނިސްޓް ޔަހޫދީ ޓޫރިސްޓުންގެ ފަރާތުން ލިބޭ މަޑު ޑޮލަރުކޮޅެއްގެ ދަހިވެތި ކަމުގައި، އިޒްރޭލުގެ ޕާސްޕޯޓް ބޭން ނުކުރާން އެކިކަހަލަ ބަހަނާ ދެއްކުމަކީ ވަރަށް ވެސް ފިނޑި އަމަލެއް ކަމަށް ޝެއިޚް އިބްރާހީމް ރާފިޢު ވިދާޅުވެއްޖެއެވެ.

Advertisement

މިދިޔަ އަހަރުގެ އޮކްޓޯބަރ 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކަށް ހުއްޓުމަކަށް ނައިސް އަދިވެސް ދަނީ ކުރިއަށެވެ.

30،000 ހާހަށްވުރެ ފަލަސްތިނުގެ ރައްޔިތުން ޝަހީދުކޮށްލައިފައިވާއިރު، ޒަޚަމްވެފައިވާ ރައްޔިތުންގެ އަދަދު ގުނާ އަދަދު ނުކުރެވެއެވެ.

ފަލަސްތީނުގެ ދިފާޢުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޒްރޭލާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާއިރު، އެމީހުން ދަނީ ފަލަސްތީނުގެ ރަފާޙް އަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ކުޑަކުދިން ހިމެނޭ ލާއިންސާނީ އަމަލުތައް ދީ ރަފާޙް ސުންނާފަތި ކުރަމުންނެވެ.

ފަލަސްތީނާއި އެކުގައި ރާއްޖޭގެ ސްޓޭންޑް ސަރުކާރުން ހާމަކޮށްފައިވިނަމަވެސް، އިޒްރޭލާއި ދެކޮޅަށް ސަރުކާރަށް އަދިވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ. މިގޮތުން އަދިވެސް އިޒްރޭލުގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރަން ދިވެހި ރައްޔިތުން ގޮވާލަމުންދާއިރު، ސަރުކާރުން ދަނީ ބީރު ކަންފަތެއް ދެމުންނެވެ. ސަރުކާރަށް އަމާޒުކުރާ މިފަދަ ސުވާލުތަކަށްވެސް އެދެވޭ ޖަވާބެއް މިހާތަނަށް ދެވިފައިނުވެއެވެ.

ޝއެޚް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ހަރަކާތްތެރިވާ ސަލަފުގެ ޖަމިއްޔާގެ އިސްފަރާތްތަކުން މި މައްސަލާގައި ހަނު ތިބޭކަން ފާހަގަކުރެވިފައިވެއެވެ. އަދި އެހެނިހެން ކަންތައްތަކުގައި ސަރުކާރަށް ޕްރެޝަރ ކުރާ އިރު ފަލަސްތީނުގެ މައްސަލައިގައި ސަލަފުވެސް ވަނީ ސަރުކާރަށް ވިކިފައި ކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.­­

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved