March 19, 2026
Advertisement
ސްޓެލްކޯ
ސްޓެލްކޯ / ސޯޝަލް މީޑިއާ

ކަރަންޓު ބިލު ބޮޑުވެ އަލީ ރަމީޒުގެ ފާޑުކިޔުން ސަރުކާރަށް!

Mariyam Isaadha
މަރިޔަމް އިސާދާ
May 31, 2024, 07:48 PM
މާލެ ސިޓީ

ނިމިދިޔަ މަހުގެ ކަރަންޓު ބިލުގެ އަދަދު އިންތިހާ ބޮޑުވެފައިވުމުން އަލީ ރަމީޒުވެސް ފާޑުކިޔައިފިއެވެ.

Advertisement

އަލީ ރަމީޒު އެކސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މަހުގެ ކަރަންޓު ބިލު އިންތިހާއަށް ބޮޑު ކަމަށާ މިވަނީ ކިހިނެއް ކަމެއް ނޭނގޭ ކަމަށެވެ.

އަލީ ރަމީޒުގެ އިތުރުންވެސް ގިނަ އާންމުން ވަނީ މިމަހުގެ ކަރަންޓު ބިލު ބޮޑުވާހަކަ ދައްކާ އެއީ ރައްޔިތުންނަށް ނިިދިޔަ ރޯދަމަހާ ދިމާކޮށް ދިން ޑިސްކައުންޓުގެ ބަދަލު ހޯދަނީ ކަމަށްބުނެފައެވެ.

މީގެ އިތުުރުންވެސް އާންމުންގެ ބައެއް ފަރާތްތަކުން ވަނީ ބޭންޑް އުވާލާ ހަމަހަމަކަމައެކު ކަރަންޓު މީޓަރުގެ ރީޑިން ނެގުމަށް ވެސް ގޮވާލާފައެވެ.

ސްޓެލްކޯއިން މިކަމާ ގުޅިގެން ބުނެފައިވަނީ ކަރަންޓު ބިލުތައް ބޮޑުވެފައިވަނީ ކަރަންޓު ބޭނުންކުރެވޭ މިންވަރު ގޭބިސީތަކުގައި އިތުރުވެފައިވަތީ ކަމަށެވެ.

ނަމަވެސް އާންމުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި މަހުގެ ގިނަ ދުވަސްތަކަކީ ވިއްސާރަ މޫސުމުގެ ދުވަސްވަރެއްކަމުގައިވާއިރު ގިނަ ގޭގޭގައި އޭސީ އާ ފަންކާ ފަދަ އާލާތްތައް ބޭނުންކުރުން މަދުވާނެކަން ޔަގީން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved