March 19, 2026
Advertisement
ކަރަންޓް ބިލު ބޮޑުވަނީ މޫސުމީ ބަދަލުތަކާއި ހެދި: ސްޓެލްކޯ
ކަރަންޓް ބިލު ބޮޑުވަނީ މޫސުމީ ބަދަލުތަކާއި ހެދި: ސްޓެލްކޯ / ތޭރަ އޮންލައިން

ސަރުކާރުގެ ކަރަންޓް ކުންފުނިން ބިލްތަކަށް މަކަރު ހަދާކަމުގެ ތުހުމަތު!

Aishath Naja
އައިޝަތު ނަޖާ
May 31, 2024, 10:19 PM
މާލެ ސިޓީ

ސަރުކާރުގެ ކަރަންޓް ކުންފުނި "ސްޓެލްކޯ" އިން ނިމިދިޔަ މަހު ކަރަންޓް ބިލުން މަކަރު ހަދާފައިވާކަން ހާމަވެއްޖެއެވެ.

Advertisement

ސްޓެލްކޯއިން ފުރަތަމަ ފޮނުވި ބިލްތަކުގައި އޮތީ މާޗް މަހުގައި ކަރަންޓަށް އެރިވަރެވެ.

މައުލޫމާތު ލިބުނު ގޮތުގައި އެކަން ކޮށްފައިވަނީ ރީޑިންގ ވެސް ނުނަގައެވެ. ފަހުން ބިލް ވަނީ އަނެއްކާ ބަދަލުކޮށްފައި ފޮނުވާފައެެވެ. ކުރީގެ މަސްތަކަށް ވުރެ ދެގުނަ ބޮޑުކޮށްކަން ފާހަގަކޮށްލެވެއެވެ.

ސްޓެލްކޯ އިން ކަރަންޓް ބިލްތައް ބޮޑުކުރަނީ އޭސީ، ޓީވީ ފަދަ ތަކެތިން އެ ތަކެއްޗަށް ބޭނުންވާ ވަރަށްވުރެ ދޭ ކަރަންޓު ނުވަތަ ވޯލްޓޭޖް ޖަނެރޭޓަރުތަކުން މަދު ކޮށްލަނީއެވެ. އެހެން ހެދުމުން މިތަކެއްޗަށް ބޭނުންވާ ވަރަށް ވުރެ މަދުކޮށް ކަރަންޓް ދޫކުރުމުން އިތުރަށް ކަރަންޓް ހޯދުމަށް އެތަކެތި މަސައްކަތް ފަށައެވެ.

އޭގެ ބާރު މީޓަރަށް ކުރުމުން ނަތީޖާއަކަށް ވަނީ ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވެފައިވާކަމަށް ބިލުން ދެއްކުމެވެ.

ކަރަންޓް އެއްވެސް ވަރަކަށް ބޭނުން ނުކުރާ ފަރާތްތަކުގެ ގެއިން ވެސް ކަރަންޓް ބިލް ވަނީ ބޮޑުވެފައެވެ. މިކަމާ ގިނަ ފަރާތްތަކުން އަންނަނީ ސްޓެލްކޯއަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved